A wide advertisement which will be shown on all devices. (700 x 100)

ގަލްފު ގައުމުތަކުން ގަތަރާއި ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވިސްނާ: ޔޫއޭއީ ސަފީރު

ޔޫއޭއީއިން ރަޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު

ގަލްފު ގައުމުތަކުން ގަތަރާއި ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވިސްނަމުންދާ ކަމަށް ޔޫއޭއިން ރަޝިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އުމަރު ވިދާޅުވެއްޖެއެވެ. އިގިރޭސި ދަ ގާޑީއަން އަށް ދެއްވި އިންޓަވިއެއްގައި އުމަރު ވިދާޅުވީ ޖީސީސީ (ގަލްފް ކޯއޮޕަރޭޝަން ކައުންސިލް) އިން ވަކިކުރުމަކީ ހަމައެކަނި ފިޔަވަޅު ނޫންކަމެވެ. އޭގެ އިތުރުން ގައުމުތަކުން ގަތަރާއި އެކު ކުރިއަށްގެންދާ ވިޔަފާރީގެ ގުޅުމަށްވެސް ހުރަސްއެޅިދާނެކަމަށް އުމަރު ވިދާޅުވިއެވެ.

ޖީސީސީގެ ގައުމުތަކަކީ ޑިފެންސާއި ސެކިއުޓީ ހިއްސާކުރާ ގައުމުތަކަކަށްވެފައި ގަތަރުގެ ހާލަތާއި އެހެން ޖީސީސީގެ އެހެން ގައުމުތަކުގެ ހާލަތު ތަފާތުކަމަށާއި އަދި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް މިހާރުވެސް ވިސްނަމުންދާ ކަަމަށާއި އެގޮތުން  އަޅުގަނޑުމެން ނުވަތަ ގަތަރު ޚިޔާރުކުރުމަށް އަޅުގަނޑުމެންގެ ވިޔަފާރީގެ ބައިވެރިންނަށް އެންގިދާނެކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް އިންޒާރުދެއްވަމުން ވިދާޅުވީ މިއަށްވުރެ ހަރުކަށިކޮށްވެސް މިކަން ކުރެވިދާނެކަމަށާއި ނަމަވެސް، ހަތިޔާރާއި ހަމައަށް މިކަން ގެންދަން ބޭނުންނޫން ކަމަށެވެ. އަދި އެއީ ކަންތައްތައް ހައްލުކުރުމަށް އަޅުގަނޑުމެން ބަލާ ގޮތެއްވެސް ނޫންކަމަށެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެބޭފުޅުން ބަލައިގަންނަ ކަމެއްނޫންކަންވެސް އުމަރު ހާމަކުރެއްވިއެވެ. “ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ގޮންޖެހުންތަކެއް ބައެއް ގައުމުތަކުގައި ހުރޭ، އަޅުގަނޑުމެންގެ ސަރަހައްދުގައި ހިޔާލުފާޅުކުރުމަކީ އެހެންގޮތަކަށް ކުރެވޭ ކަމެއް”

އެމެރިކާއާއި ހުޅަގުގައުމުތަކުން ގަތަރު މައްސަލަ ހައްލުކުރުމަށް މިހާރުވަނީ މަސައްކަތްފަށާފައެވެ. ގަތަރު އިރާނުގެ އަތްދޮށަށް ނުވަތަ އިރާނާއި ގުޅުން ރަގަޅުވެގެން ދިއުމަކީ ހުޅަގާއި އެމެރިކާއިން ކަންބޮޑުވާކަމެކެވެ. މިހާރުވެސް ކާނާއާއި އަސާސީ ވަސީލަތްތައް މެދުނުކެޑި އިރާނުން ގަތަރަށް ފޯރުކޮށްދެމުން ގެންދެއެވެ.

  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !