14 ޑިސެމްބަރ 2019 ( ހޮނިހިރު )

ފައިސަލް ފުވައްމުލަކު ހޮސްޕިޓަލްގެ މޭންޖްމެންޓާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ ފައިސަލް ފައުންޑޭޝަން

ފައިސަލް ފައުންޑޭޝަނުން ފުވައްމުލަކުގައި މެޑިކަލް ކޭމްޕްތަށް ބާއްވަން މަސައްކަތް ކުރަނީ..

ފައިސަލް ފައުންޑޭޝަނުން ފުވައްމުލަކުގައި ވެސް މެޑިކަލް ކޭމްޕްތަށް ބާއްވަން މަސައްކަތް ކުރައްވާނެކަމަށް އެ ފައުންޑޭޝަނުން ހާމަކޮއްފިއެވެ.

އިއްޔެ ފައިސަލް ފައުންޑޭޝަންގެ ބާނީ އަދި ރައްޔިތުންގެ މަޖްލީސްގެ ކާށިދޫ ދައިރާގެ  މެމްބަރ ފައިސަލް ނަސީމް ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖްމެންޓާއި ބައްދަލު ކުރުމަށްފަހު  އަމިއްލަ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވަނީ  ފައިސަލް ފައުންޑޭޝަނާއި ފުވައްމުލަކު ހޮސްޕިޓަލް ގުޅިގެން،  މެޑިކަލް ކޭމްޕްތަށް ބާއްވާން މަސައްކަތް ކުރާނެ ކަމަށެވެ .

” ފައިސަލް ފައުންޑޭޝަނުން ފުވައްމުލަކު ހޮސްޕިޓަލް އާއި ގުޅިގެން މެޑިކަލް ކޭމްޕްތަށް ބާއްވަން މަސައްކަތް ކުރާނަން، އަދި ސިއްޙީ ހޭލުންތެރި ކުރުމުގެ ޕްރޮގުރާމްތަށް ފުވައްމުލަކުގައި ހިންގާނަން ”  ފައިސަލް ވިދާޅުވިއެވެ.

މިހާރުވެސް ފައިސަލް ފައުންޑޭޝަނުން  ދަނީ، ފައިސަލް ރައްޔިތުންގެ މަޖްލީހުގައި ތަމްސީލްކުރާ ކާށިދޫ  ދާއިރާގައި  ހިމެނޭ، ކަށިދޫ އަދި ގާފަރުގައި ސިލްސިލާކޮއް މެޑިކަލް ކޭމްޕްތަށް ބާއްވަމުންނެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖްމެންޓާއި އެކު ބޭއްވި ބައްދަލުވުމުގައި  ފައިސަލް ފައުންޑޭޝަނުން ވަނީ ފުވައްމުލަކު  ހޮސްޕިޓަލަށް ޕްރޮޖެކްޓަރެއް ހަދިޔާ ކޮއްފައެވެ.

މީގެ ކުރިންވެސް ފައިސަލް ވަނީ ފުވައްމުލަކު ހޮސްޕިޓަލަށް އެކި ފަހަރު މަތިން މިފަދަ އެހީތަށް ވެދެއްވާފައެވެ.

މީގެ އިތރުން ފައިސަލް ވަނީ ފުވައްމުލަކު  އަތޮޅު ތައުލީމީ މަރުކަޒާއި ޙާފިޒް އަޙްމަދު ސްކޫލްގެ އާ މެނޭޖްމެންޓްއާއި ބައްދަލުކޮއް، އެ ދެ ސްކޫލަށް ދިމާވެފައިވާ ދަތިތަށް އޮޅުންފިލުވާފައެވެ.


ކިޔުންތެރިންގެ ޚިޔާލު