A wide advertisement which will be shown on all devices. (700 x 100)

އެލްޖީއޭ އިން ފުވައްމުލަކު ކައުންސިލްތަކާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ފުވައްމުލަކު ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފައިލް ފޮޓޯ

އެލްޖީއޭ އިން ފުވައްމުލަކު ކައުންސިލްތަކާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ރަށު ކައުންސިލްތަކުގެ ރައީސުންނާއި ނައިބް ރައީސުން އަދި ޒިންމާދާރުވެރިން ބައިވެރިވެވަޑައިގެންނެވި މި މަޝްވަރާ ބައްދަލުވުމުގައި، ކައުންސިލްތަކާއި އެލްޖީއޭ މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާމެދު ވެސް ހިޔާލު ބަދަލުކުރެވުނެވެ.

އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް އަދި އެލްޖީއޭއާ ދެމެދުގައިވާ ގުޅުން މިހާރަށްވުރެ ރަނގަޅުކުރެވޭނީ ގޮތްތަކަކީ ކޮބާތޯ ބެލުމާއި ކައުންސިލްތަކަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކައްތައް ފުރިހަމަކުރުމަށް ދިމާވާ ހުރަސްތަކަކީ ކޮބާތޯ ބަލައި އެކަންކަން ރަނގަޅު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް އެލްޖީއޭގެ ޑިރެކްޓަ ޖެނެރަލް ޝައްމޫން އާދަމް ވިދާޅުވި އެވެ.

މި ބައްދަލުވުން ތަކުގައި ޝަމްއޫނުގެ އިތުރުން، އެލްޖީއޭގެ މެމްބަރު އިބްރާހީމް ރަޝީދާ ޑިރެކްޓަ ޒީނާ އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެލްޖީއޭގެ ޓީމު ފުވައްމުލަކަށް ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހު ފެށި އެ ރަށުގެ ފަސް އަހަރުގެ ތަރައްގީގެ ޕްލޭން މޮނިޓަ ކުރާނެ ފްރޭމްވޯކެއް ތައްޔާރުކޮށްދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން އަތޮޅު ކައުންސިލުގެ ދައުވަތަކަށެވެ. މި މަޝްވަރާތައް ނިމުނީ އިއްޔެ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !