21 އެޕްރީލް 2018 (ހޮނިހިރު)


ޔޫއެލް އިން ދަތުރުކުރާ ފުވައްމުލަކު މީހުންނަށް ހާއްސަ ދަތުރުތަކެއް ބާއްވަނީ

ސްރީލަންކަން އެއަރލައިންގެ ފުލައިޓެއް ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި. ފޮޓޯ: ސްރީލަންކަން އެއަރލައިން

ސްރީލަންކަން އެއަރލައިންގެ ފުލައިޓެއް ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި. ފޮޓޯ: ސްރީލަންކަން އެއަރލައިން

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ސްރީލަންކަން އެއަރލައިންގެ ޔޫއެލް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ފުވައްމުލަކުން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ލޯންޗް ދަތުރުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ސްރީލަންކަން އެއަރލައިން އިން ވިދާޅުވެއްޖެއެވެ.

ސްރީލަންކަން އެއަރލައިންގެ އޮފިޝަލަކު ވިދާޅުވީ ފުވައްމުލަކުން އެއަރލައިން މެދުވެރިކޮށް ގަމުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ލޯންޗް ދަތުރުތައް އޮންނާނީ ހޯމަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ. އެދެދުވަހު ފުވައްމުލަކުން ލޯންޗް ދަތުރު ފަށާނީ 6:00 ގައި ކަމަށާއި އެހެން ކަމުން 9:05ގައި ޗެކިން އޮންނަ ޔޫއެލް ފުލައިޓުން ފުވައްމުލަކުން އަންނަ ދަތުރުވެރިންނަށް ފުރޭނެކަމަށެވެ.

ރާއްޖެއިން ބޭރުން ގަމަށް އަންނަ މީހުން ފުވައްމުލަކަށް ދާން ހޯމަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ލޯންޗް އޮންނާނެކަމަށްވެސް އޮފިޝަލް ވިދާލުވިއެވެ. އެދެދުވަހު ސްރީލަންކާ އިން ގަމަށް ޔޫއެލް ފުލައިޓް ޖައްސާނީ ހެނދުނު 8:20 ގައެވެ. މިހެންކަމުން ފުވައްމުލަކަށް ލޯންޗުން ދަތުރުކުރެވޭނެއެވެ.

ސްރީލަންކަން އެއަރލައިންގެ އައްޑޫ އޮފީހުން އިތުރަށް ވިދާޅުވީ ޔޫއެލް ފުލައިޓުން ޓްރިވެންޑްރަމް، ޗެންނާއި، ކޮޗިން، ބެންގަލޫރު، ބެންކޮކް، ޑާކާ އަދި އެހެން ގިނަ ގައުމުތަކަށް ލަންކާ މެދުވެރިކޮށް ދަތުރު ކުރެވޭނެކަމަށެވެ. އަދި މިގައުމަތަކަށް ދަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ހޮޓެލް އެކޮމޮޑޭޝަނާއި ޗުއްޓީ ދަތުރުތައް ހަމަޖައްސައި ދޭނެ ކަމަށެވެ. އަދި ދަތުރުވެރިން ބޭނުންވާ ދުވަސްތަކަށް މިޕެކޭޖްތައް ހަމަޖައްސައި ދެވޭނެކަމަށެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!