A wide advertisement which will be shown on all devices. (700 x 100)

ސްރީލަންކަން އެއަރލައިންސް އިން ފުވައްމުލަކުގައި ރޯޑްޝޯއެއް ބާއްވަނީ.

ސްރީލަންކަން އެއަރލައިންސްގެ ޕްރޮމޯޝަނަލް އިވެންޓެއް ގޮތުން ފުވައްމުލަކުގައި ރޯޑް ޝޯއެއް އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.

ސްރީލަންކަން އެއަރލައިންސްގެ އައްޑޫ އޮފީހުން ވިދާޅުވީ މި ރޯޑްޝޯ އޮންނާނީ ޖުލައި 14 ވާ ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް މާނޭރެ ސަރަޙައްދުގައިކަމަށެވެ.

“މި ރޯޑް ޝޯގެ ތެރެއިން ސްރީލަންކަން އެއާލައިންގެ ދަތުރުތަކާއި ގުޅޭ އެކި މަޢުލޫމާތުތަކާއި، ގަމުގެ ވައިގެ ބަނދަރުން ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރައްވާ ފުވައްމުލަކުގެ ބޭފުޅުންނަށް ހުރި ފަސޭހަތައް އެނގިގެން ދާނެ” ސްރީލަންކަން އައްޑޫ އޮފީހުގެ އޮފިޝަލަކު ވިދާޅުވިއެވެ.

މީގެ އިތުރުން މި ރޯޑްޝޯއަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ހަދިޔާ ދިނުމާއި، ގުރުއަތުން ހޮވޭ ފަރާތްތަކަށް ސްރީލަންކާ އަށް ހިލޭ ދަތުރެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ރޯޑް ޝޯއަށް ޒިޔާރަށްކުރައްވާ ކުޑަކުދިނަށްވެސް ޚާއްޞަ ހަދިޔާތަކެއް ލިބިގެންދާނެ ކަމަށްވެސް އެއަރލައިން އިން ވިދާޅުވިއެވެ.

ސްރީލަންކަން އެއާލައިންސް އަކީ ދުނިޔާގެ އެންމެ ގިނަ މަންޒިލްތަކަށް ދަތުރުކުރެވޭ މި ސަރަޙައްދުގައި އޮންނަ އެންމެ ބޮޑު އެއާލައިނެވެ. އެ އާލައިނުން ގަމުގެ ވައިގެ ބަނދަރުން ދަތުރުކުރައްވާ ބޭފުޅުންނަށް ޚާއްޞަކޮށްގެން ސަދަން ޓްރާންސްޕޯޓް ލިންކްގެ ފެރީ ޝެޑިއުލަށްވެސް ވަނީ ދާދި ފަހުން ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހު ފްލައިޓް ޝެޑިއުލާ ދިމާވާގޮތަށް ފެރީ ޝެޑިއުލް ވަނީ ހަމަޖައްސާފައެވެ.

ސްރީލަންކަން އެއާލައިންސްގެ ފުވައްމުލަކުގެ އެޖެންޓަކީ އިސްފަހާން އެވެ.

https://web.facebook.com/events/1915461192039605 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !