A wide advertisement which will be shown on all devices. (700 x 100)

ގެއްލިފަިއވާ ޝަފީޢު ހޯދުމުގެ މަސައްކަތަށް ގިނަ ބަޔަކު ނިކުމެއްޖެ

ޝަފީޢު ގެންލިގެން ހޯދުމުގެ މަސައްކަތްތ މިހާރުވެސް ކުރިޔަށް އެބަދޭ

އިއްޔެ ރެއިން ފެށިގެން ގެއްލިފައިވާ ދޫނޑިގަމު އޮޅުތެރެގެ މުހައްމަދު ޝަފީޢު ހޯދުމުގެ މަސައްކަތަށް ގިނަބަޔަކު މިއަދު ނިކުމެއްޖެއެވެ. މިއަދު ޝަފީޢު ހޯދުމުގެ މަސައްކަތް ފުވައްމުލަކުގެ ރައްޔިތުން ފަށާފައި ވަނީ ދޫނޑިގަމު އަވަށުން ފެށިގެން ރަށުގެ އުތުރު ކޮޅަށް ދާގޮތަށެވެ. ޝަފީޢު ހޯދުމުގެ މަަސައްކަތުގައި ފުލުހުންނާއި ސިފައިން އަދި ޖީއެން ވޮލަންޓިއަރސް ޖަމްއިއްޔާ އާއި އާއްމު ރައްޔިތުންގެ ތެރެއިން މީހުން ހަރަކާތްތެރިވަމުން ދެއެވެ.

މިކަލް ނޫހަށް މައުލޫމާތު ދިން ފަރާތަކުން ހާމަކުރާ ގޮތުގައި ރަށުގެ އިރު-އުތުރުން ދޫނޑިގަމު ހިސާބުން ފަށައިގެން ހޯދަމުން ގޮސް މާލެގަން ނިންމާފައި މިހާރު ވަނީ ރަށުގެ އިރު-ދެކުނު ފަރާތުން (އެއަރޕޯރޓާއި ވީ ފަރާތުން)ހޯދުމުގެ މަސއްކަތް ފަށާފައެވެ.

ޝަފީޢު ހޯދުމުގެ މަސައްކަތްކުގައި 120 ހަށް ވުރެ ގިނަ މީހުން ހަރަކާތެރިވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ފުލުހުންނައި ސިފައިންގެ ބެލުމުގެ ދަށުން ލައިނަކަށް މީހުން އެތުރިގެން އެއްކޮޅުން (އިރުމަތީ ކޮޅުން) ފަށައިގެން ހޯދަމުން ކުރިޔަށް ދާގޮތަށް ކަމަށް މައުލޫމާތު ދިން ފަރާތުން ހާމަކުރެއެވެ. ނަމަވެސް އެއަރޕޯރޓު ބިއްދޮށަށް ދިއުމުގެއި ހުރަސްތަކެއް ދިމާވެގެން، އެސަރަހައްދު ދޫކޮށްލާފައި އެއްގަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ. މިގްރޫޕާއި ވަކިން ވެސް އާއިލާ މީހުންނައި ވަކިވަކި މީހުން ޝަފީޢު ހޯދުމުގެ މަސައްކަތުގައި ރަށުގެ އެކި ހިސާބުތަކުގައި ހަރަކާތްތެރި ވަމުން އެބަދެއެވެ.

ކުރިން މިކަލް ނޫހަށް މައުލޫމާތު ދިން ފަރާތަން ހާމަކުރި ގޮތުގައި އިއްޔެ އާއިލާގެ ފަރާތުން އެއަރޕޯރޓު ބިއްދޮށް ވެސް ހޯދާފައި ވެއެވެ.

ފުލުހުން މީޑީއާއަށް ހާމަކުރި ގޮތުގައި ޝަފީއު ހޯދުމަށް އާއިލާއާއި ރައްޔިތުން ގުޅިގެން ރަށުގެ ގިނަ ސަރަހައްދެއް ބަލަމުންއަންނަ ކަމަށާއި އަދިވެސް ހޯދުމުގެ މަސަތްކަތް ކުރިއަށް ގެންދާ ކަމަށްވެއެވެ.

އެމްއެންޑިއެފު ސަދަން އޭރިއާގެ ސިފައިން ވަނީ ފުވައްމުލަކު ކަނޑުގެ ސަރަހައްދު ވެސް ބަލަން ފަށާފައިކަމަށް އެފަރާތން މީޑީއާގައި ވަނީ ހާމަކޮށްފައެވެ.

ފުވައްމުލަކަކީ ބޮޑު ރަށަކަށް ވުމާއި ޖަންގައްޔާއި ޗަސްބިން ބޮޑު ރަށަކަށް ވުމުން ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ހޯދުމުގައި ހަރަތާތްތެރިވާ މީހަކު މައުލޫމާތު ދިނެވެ.

އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯރޓް ކުރުމުން މައުލޫމާތު ދީފައި ވަނީ ގެއްލުނުކަމުގައި ބަލައި ހޯދުމުގެ މަސައްކަތް ފެށުމަށް އޮންނަނީ ގެއްލުނު ކަމަށް ބުނާ ގަޑީގެ 24 ގަޑިއިރު ފަހުންކަމަށް މިކަލް ކުރިން ނޫހަށް މައުލޫމާތު ދިން ހާމަކޮށްފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !