A wide advertisement which will be shown on all devices. (700 x 100)

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ މިސްކިތްމަގު ތާވަލުގެ ކުރީގައި

ފަސް އެނބުރި ބެލުމެއްނެތި މިސްކިތްމަގު ޓީމު ކުރިޔަށް - 26 ވަނަ އެސޯސިއޭޝަން ކަޕް 2017. ފޮޓޯ ވީއޭއެމް

ކުޅުނު ހުރިޙާ މެޗަކުން މޮޅުވެ ތާވަލުގެ އެންމެ ކުރީގައި މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޓީމުން ފައި ހަރުކޮށްލައިފިއެވެ. މިހާރު ފުވައްމުލައް ސިޓީގައި ކުރިޔަށްދާ 26 ވަނަ ވޮލީ ބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޜަންގައި މިސްކިތްމަގު ޓީމުން ވަނީ މިހާތަނަށް ޕޫލް ބައިގައި 4 މެޗު ކުޅެ ހުރިހާ މެޗަކުން ވެސް މޮޅުވެފައެވެ.

ފާއިތުވި މުބާރާތުގެ ޗެމްޕިއަން ޕޮލިސް ޓީމުވެސް ވަނީ އެމީހުން އަތުން ބަލިވެފައެވެ. ޕޫލް ބުރުގެ އެޓީމުން ކުޅޭ ފަހު މެޗުގައި މިރޭ ބައްދަލުކުރާނީ ފޭދޫ ސްޕޯރޓްސް އާއިއެވެ. އަދި ފަސޭހަކަމާއެކު މިމެޗުން މޮޅުވެ ޕޫލް ބުރުގެ އެއްވަނަ އެޓީމު ހޯދާނެ ކަމަށް ބެލެވެއެވެ.

މުބާރާތުގެ 9 ވަނަ މެޗުގައި ރޭ މިސްކިތްމަގު އެންމެންގެ ގުޅުން ބައްދަލުކުރީ ވިލިނގިލީ ޒުވާނުންގެ ޖަމްއިއްޔާގެ ޓީމާއެވެ. މިމެޗު އެޓީމުން ފަސޭހަކަމާއެކު ކާމިޔާބުކުރީ ސީދާ 3-0 ސެޓުންނެވެ. މިމެޗުގެ ސެޓްތައް ހޯދާފައި ވަނީ 25-10، 25-20 އަދި 25-14 ން ނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކީ މިސްކިތްމަގު ޓީމުގެ ޖާޒީ ނަމްބަރު 10 އާއިޝަތު މާޖިދާއެވެ.

މިމުބާރާތުގެ އިއްޔެ ހަވީރު ކުޅުނު ފޭދޫ ދެޓީމުގެ މެޗު 3-1 ން ކާމިޔާބު ކުރީ ފޭދޫ ސްޕޯރޓްސްގެ ޓީމެވެ. މިމެޗުގެ ސެޓްތައް ފޭދޫ ސްޕޯރޓްސް އިން ހޯދާފައި ވަނީ ފޭދޫ ޔޫތު ކޮމިއުނިޓީގެ މައްޗަށް 25-18، 25-22، 22-25 އަދި 25-23 ން ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފޭދޫ ސްޕޯރޓްސްގެ ޖާ ޒީނަމްބަރު 11 ފާތިމަތު ރާޝިދާއެވެ.

ރޭ ކުޅެވުނު ފަހު މެޗުގައި ފްރެންޑްސް ކްލަބް ފުނާޑުގެ މައްޗަށް ޕޮލިސް ކްލަބުން ކުރި ހޯދީ ސީދާ 3-0 ސެޓުންނެވެ. މިމެޗުގެ ސެޓްތައް ޕޮލިސް ޓީމުން ހޯދީ 29-27، 25-17 އަދި 25-19 ން ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިސް ކަލްބުގެ ޖާޒީ ނަމްބަރު 11 ހައްވާ ރާޝިދާއެވެ.

މިއަދު ވެސް މުބާރާތުގެ 3 މެޗު ކުޅެވޭނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !