A wide advertisement which will be shown on all devices. (700 x 100)

ގެއްލިގެން ހޯދަމުންދާ ޝަފީޢު ކަމަށް ބެލޭވޭ މީހަކު އަރުއްފަންނު ސަރަޙައްދުން ފެނިގެން އެސަރަޙައްދު ހޯދަނީ

ޝަފީޢު ހޯދުމުގެ މަސައްކަތުގައި ގިނަބަޔަކު ހަރާކާތްތެރިވެފައިވޭ. 18 ޖުލައި 2017 ފުވައްމުލައް

މި ޖުލައި މަހު 14 ވަނަ ދުވަހު ގެއިން ނިކުމެގެން ދިޔަ ގޮތަށް އެއްވެސް ޚަބަރެއް ނުވެގެއްލިގެން އުޅޭ މުޙައްމަދު ޝަފީޢު، އޮޅުތެރޭގެ / ދޫނޑިގަން ޏ.ފުވައްމުލައް (42އ) ކަމަށް ބެލެވޭ މީހަކު ފުވައްމުލަކު އަރުއްފަންނު ސަރަހައްދުން ފެނިގެން އެހިސާބު ހޯދުމުގެ މަސައްކަތުގައި ފުލުހުންނާއި ގިނަބަޔަކު މި ވަގުތު ވެސް ހަރަކާތްތެރި ވަމުން އެބައާދެއެވެ.

ޝަފީޢު ގެއްލުނު ފަހުން މިހާރު މިވަނީ 3 ދުވަސް ވެފައެވެ. ގެއްލުނު ފަހުން އޭނާއާއި ބެހޭ މައުލޫމާތެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް މި މައުލޫމާތުގެ ސައްހަކަން ކަށަވަރެއް ނުކުރެވެއެވެ.

އެސަރަޙައްދުން މިކަލް ނޫހަށް މައުލޫމާތު ދިން އަޙުމަދު ބުނި ގޮތުގައި އެމީހަކު ދުރުން ފެނުނު ނަމަވެސް ދުވެފައި ވަލުތެރެއިން ގޮސް ގެއްލިއްޖެ ކަަމަށެވެ.

ޝަފީޢު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792803 އަށް ގުޅުއްވައި ހިއްސާކޮށް ދެއްވުމަށް ފުލުހުން ބާނީ އާއްމު ބަޔާނެއް ނެރެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !