A wide advertisement which will be shown on all devices. (700 x 100)

އައްތެރި މަސައްކަތުގެ އިތުރު ދެކޯހެއް ފުވައްމުލަކުގައި ފަށަނީ

އަތްތެރި މަސައްކަތުގެ އިތުރު ދެކޯހެއް ފަށަނީ - ކުރިން ނިންމީ ތުނޑުކުނާ ވިޔަން ދަސްކޮށްދޭ ކޯހެއް

ފުވައްމުލަކުގައި ދިރިއުޅޭ ދިވެހިންނަށް އަތްތެރި މަސައްކަތުގެ އިތުރު ދެ ކޯހެއްގެ ފުރުސަތު ހުޅުވާލައިފިއެވެ. އެގޮތުން މިހާރު ހުޅުވާލާފައި ވަނީ ކަށިކެޔޮފަތާއި ފުނައޮށުން ވިޔަން ދަސްކޮށްދޭ ކޯހަކާއި ރުކު ފަތިން ފިޔަން ދަސްކޮށްދޭ ކޯހެކެވެ. މީގެ ކުރިން ކުރިޔަށް ގެންގޮސްފައި ވަނީ ތުނޑު ކުނާ ވިޔަން ދަސްކޮށްދިން ކޯހެކެވެ. 

މި ތަމްރީނު ޕްރޮގްރާމްތަކަކީ ޔޫރަޕިއަން ޔޫނިއަންއިން ފަންޑުކޮށް ވޯލްޑް ބޭންކުން މެނޭޖްކޮށް ތިމާވެއްޓާއި ބެހޭ މިނިސްޓްރީން ކުރިޔަށްގެންދާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭޕީ) ގެ ދަށުން މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) އިން ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމްތެކެކެވެ.  

މިކޯސްތައް ހިންގުމަށް ހަމަޖެހިފައި ވަނީ މިއަހަރު އޯގަސްޓް 6 ން 19 އަށް ފުވައްމުލަކުގައެވެ. ހަމަޖެހިފައި ވާގޮތުން މިކޯހުގައި ބައިވެރިވާން އެދޭ 16 އަހަރުން މަތީ ފަރާތްތަކުން އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކުރިން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ހުޅުވާލާފައި ވެއެވެ. 

ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މި ދެ ކޯހުން ކުރެ ކޮންމެ ވެސް އެއް ކޯހަކުންނެވެ. ކޮންމެ ކޯހެއްގައި ވެސް ބައިވެރިކުރުމަށް ހަމަޖެހިފައި ވަނީ 30 ފަރާތެކެވެ. 

މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު ފުވައްމުލަކު ޕްރޮޑަކްޓް އޭރިއާ މެނޭޖްމެންޓް ޔުނިޓް (ސިޓީ ކައުންސިލް އިދާރާގެ 2 ވަނަ ފަންގި ފިލާ) އިން ލިބެން ހުންނާނެ ކަމަށް އާއްމުކޮށްފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !