ގެއްލިގެން ހޯދަމުންދާ ޝަފީޢުގެ ހޯދައިދޭ ފަރާތަކަށް އާއިލާއިން އިނާމަކަށް 20000 (ވިހި ހާސް ރުފިޔާ) ރުފިޔާ ހުށަހަޅައިފިއެވެ. އާއިލާގެ ފަރާތުން މިކަލް ނޫހަށް މައުލޫމަތު ދެއްވަމުން ވިދާޅުވެފައި ވަނީ ޝަފީއު ހޯދައިދޭ ފަރާތަކުން އެކަން ފުލުހުންނަށް އެންގުމަށާއި އަދި އިނާމު ހަވާލުކުރާނީ ފުލުހުންގެ ފަރާތުން މައުލޫމާތު ދޭ މައުލޫމާތަށް ބަލައި ކަމަށެވެ.
ޝަފީއު ގެއްލުނުތާ މިއަދަށް 1 ހަފުތާ ވީއެވެ. މިވީ ދުވަސްތަކުގައި ޝަފީއު ރަށުގެ އެކި ހިސާބުތަކުން ފެންނަކަމަށް އެކި ފަރާތްތަކުން ބުނަމުން ދިޔަސް އެ ކަމުގައި އެކަށީގެންވާ ހެއްކެއް މިހާތަނަށް ލިބިފައި ނުވާކަމަށް އާއިލާއިން ބުނެއެވެ.
ދާދިފަހުން އެމްޖޭއެމް އާއި ދިމާލުން އަތިރިމަތިން ޝަފީޢުގެ ޖިންސްކަމަށް ބެލެވޭ ޖިންސެއް ފެނުނު ކަމަށް ބުނެ ދެކެވޭ ވާހަކަތައް އާއިލާއން ދޮގުކުރެއެވެ. އެއީ ޝަފީޢުގެ ޖިންސެއް ނޫން ކަމަށް، ޝަފީޢުގެ އަންހެނުން ވެސް ޔަގީންކޮށްދޭކަމަށް އާއިލާގެ ފަރާތުން މިކަލް ނޫހަށް މައުލޫމާތު ދިން ފަރާތުން ހާމަކުރިއެވެ. އަދި އާއިލާގެ ފަރާތުން އެދެނީ ޝަފީޢުއާއި ގުޅޭ ގޮތުން ހަގީގަތާއި ޚިލާފު ވާހަކަތައް ނުދެއްކުމަށެވެ.
އާއިލާއިން ގަބޫލުކުރާ ގޮތުގައި ޝަފީޢު އަށް ދިމާވެފައި ވަނީ ޑިޕްރެޝަންގެ މައްސަލެއެއް ކަމަށް ބެލެވެއެވެ.
ޝަފީޢު އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792803 އަށް ގުޅުއްވައި ހިއްސާކޮށް ދެއްވުމަށް ފުލުހުން ވަނީ އާއްމު ބަޔާނެއް ނެރެފައެވެ.
ޚިޔާލުތައް