A wide advertisement which will be shown on all devices. (700 x 100)

ކަސްޓަމްސް އޮފިސަރުންނާއި ފުލުހުން ލިޓަސް ފިހާރައަށް ވަނުން

ބަލަމުންދާ މައްސަލައަކާ ގުޅިގެން ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ހޯދުމަށް ކަމަށް ބުނެ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މ. ފާރޮށިގޭގައި ހުންނަ ލިޓަސް ކުންފުނީގެ އޮފީހަށް މިދިޔަ ބުރާސްފަތު ދުވަހު ވަދެފައިވާއިރު ލިޓަސް ކުންފުންޏާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި ގުޅުން އޮންނަކަމަށް ބައެއް ފަރާތްތަކުން ހާމަކުރެއެވެ. 

ލިޓަސް އޮފީހަށް ފުލުހުން ވަނުމާއި ގުޅިގެން ފުލުހުންނާއި ހަވާލާދީ ސަން އޮންލައިނުން ރިޕޯޓްކޮށްފައިވަނީ ފުލުހުން އެތަނުގައި ހަރަކާތްތެރި ވަމުންދިޔައީ ކަސްޓަމްސްގެ އެދުމުގެމަތިން، އެފަރާތަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ކަމަށެވެ. ކަސްޓަމްސް އާއި ގުޅުން ހުންނަ މިފަދަ ކަންތައްތަކުގައި އޮފީސް އޮފީހަށް ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުން ވަނުމަކީ ރާއްޖޭގައި އާންމު ކަމެއްނޫނެވެ. މިފަދަ ނާދިރު ކަމެއް ހިގަމުންދާއިރު ފަރުދާގެ އަނެއްފަރާތުން މިކުންފުންޏާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި ގުޅުވައިގެން ވާހަކަވެސް ދެކެވެއެވެ.

އެމައްސަލަ ރިޕޯޓްކުރި ސަން އޮންލައިނުން އެދުވަހު ރިޕޯޓްކޮށްފައި ވަނީ ލިޓަސް ކުންފުންޏަކީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށެވެ. ނަމަވެސް އެޚަބަރުގެ އެބައި ސަން އޮންލައިނުން ފަހުން ވަނީ ނަގާފައެވެ. މިކަލް ނޫހާއި ވާހަކަދެއްކި ލިޓަސް އާއި ގުޅުން އޮންނަ ފަރާތަކުން ހާމަކުރި ގޮތުގައި ލިޓަސް ކުންފުނީގައި އަލީ ޝާހުގެ ހިއްސާއެއް ނޯވެއެވެ. 

ނަމަވެސް، ލިޓަސް ހިއްސާދާރުންނާއި އަލީ ޝާހާއި ކުރިންވެސް (މަޖިލީހަށް ހޮވުމުގެ ކުރިންވެސް) ގުޅުން އޮވެއެވެ. އިތުރަށް ވާހަކަ ދައްކަވަމުން ނަންނުޖެހުމަށް އެދި އެފަރާތުން ހާމަކުރި ގޮތުގައި ލިޓަސް އަށް ކަސްޓަމުގެ އޮފިސަރުންނާއި ފުލުހުންވަދެ އެތަނުގެ ކޮމްޕިއުޓާއެއް ވަނީ ގެންގޮސްފައެވެ. ފުވައްމުލަކުގައި ވެސް ވަނީ ލިޓަސްގެ ފިހާރައެއް ގާއިމުކޮށްފައެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !