18 ޖުލައި 2018 (ބުދަ)


މެމްބަރު ފައިސަލް ނަސީމަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފި

ފައިސަލް ނަސީމަށް އަނިޔާވެފައި، ފޮޓޯ: އަހުމަދު ސަމީރު ގެ ޓްވިޓާ

ފައިސަލް ނަސީމަށް އަނިޔާވެފައި، ފޮޓޯ: އަހުމަދު ސަމީރު ގެ ޓްވިޓާ

ރައްޔިތުންގެ މަޖިލީހުގެ ގޭޓްތަކުގައި ސިފައިން ތަޅުއަޅުވައި ފޯރިމަރަމުންދަނިކޮށް ގަދަކަމުން ރައްޔިތުންގެ މަޖިލީހުގެ އިދާާރާއަށް ވަންނަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަށް އަނިޔާވެއްޖެއެވެ. ފައިސަލް ނަސީމްގެ އިތުރުން އެހެން މެމްބަރުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބުނެވެ. ފައިސަލް އަށް ލިބުނު އަނިޔާގެ ބޮޑުކަމުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކޮށްފައެވެ.

ފައިސަލް އަށް އަނިޔާވެފައިވަނީ މ. ކުނޫޒު އިން އިދިކޮޅު ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާއިއެކު ހިންގަވާފައި ވަޑައިގެން މަޖިލީހުގެ އިދާރާއަށް ގަދަކަމުން ވަދެވަޑައިގަތުމަށް މަސައްކަތް ކުރި ވަގުތުގައެވެ. އެވަގުތު ފުލުހުން ވަނީ ގިނައަދަދަކަށް ފައިސަލްގެ ގަޔަށް ޕެޕާސްޕްރޭ ޖަހާފައެވެ. ފައިސަލްގެ އިތުރުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާޙިމް މުހައްމަދު ސޯލިހު ސައިކަލުތައް މައްޗައް ވެއްޓުނެވެ. މިދެބޭފުޅުންގެ އިތުރުން ގިނަ މެންބަރުންނަށް ވަނީ ޕެޕާ ސްޕްރޭގެ އަސަރުކޮށް އަނިޔާވެފަ އެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!