21 ނޮވެމްބަރ 2017 (އަންގާރަ)


މަކިޓާ 10 ވަނަ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕްގެ ފިރިހެން ޗެމްޕިއަންކަން ޏ.އޭއީސީއަށް

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށްދިޔަ މަކިޓާ 10 ވަނަ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕްގެ ފިރިހެން ކުދިންގެ ބައިން ޗެމްޕިއަންކަން ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުން ހޯދައިފިއެވެ. ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ހާފިޒު އަހުމަދު ސުކޫލުންވަނީ 13 އަހަރުންދަށުގެ ފިރިހެން ކުދިންގެ ބައިން އެންމެ މޮޅު ސްކޫލަކަށް ހޮވިފައެވެ. 

21 ސުކޫލަކާއި 7 ޖަމިއްޔާއަކުން ބައިވެރިވި މިމުބާރާތުގެ ގިނަ ވަނަތަކެއް ވަނީ ފުވައްމުލަކު ދަރިވަރުންނާއި ފުވައްމުލަކު ސްކޫލްތަކުން ގެންގޮސްފައެވެ. 13 އަހަރުން ދަށުގެ ފިރިހެންކުދިންގެ ބައިން އެންމެ މޮޅު އެތުލީޓަކަށް ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އަހުމަދު ޝައްޔިރު ނާޒިމް ޖަލީލު 3 ގޯލްޑް މެޑަލް އާއިއެކު ހޮވުނެވެ. 

19 އަހަރުން ދަށުގެ އުމުރު ފުރައިގެ ފިރިހެން ޗެމްޕިއަންކަން ކަމާއި 16 އަހަރުން ދަށުގެ އުމުރުފުރައިގެ އަންހެން ޗެމްޕިއަންކަން ޏ.އަތޮޅު ތައުލީމީ މަރުކަޒުން ހޯދިއިރު 13 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެން ޗެމްޕިއަންކަން، ހާފިޒު އަހުމަދު ސްކޫލުން ގެންދިޔައެވެ. އަދި މުޅި މުބާރާތުގެ ފިރިހެންކުދިންގެ ބައިގެ ޗެމްޕިއަންކަން ވެސް ޏ.އަތޮޅު ތައުލީމީ މަރުކަޒުން ހޯދިއެވެ.

ގައުމީ ފެންވަރުގައި ބޭއްވޭ މިފަދަ ކަސްރަތު މުބާރާތްތަކުގައި ފުވައްމުލަކު ސްކޫލްތަކާއި ފުވައްމުލަކު ދަރިވަރުން ދަނީ ރަގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!