16 ޖުލައި 2018 (ހޯމަ)


ރާއްޖޭގައި މީހުން މެރުމުގެ ރިކޯޑް ދަނީ އިތުރުވަމުން

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ދިވެހިރާއްޖޭގައި މަރާލަފއިވާ މީހުންގެ ރެކޯޑްތައް ދައްކާގޮތުން، މީހުން މެރުމުގެ ކޭސްތައް ދަނީ އިތުރުވަމުންނެވެ. މިއަހަރު މިހާތަނަށް ހަތަރު މީހުން މަރާލާފައިވާ އިރު ފާއިތުވީ 1300 އެއްހާ ދުވަސްތެރޭ 25 މީހުންވަނީ މަރާލާފައިވެއެވެ.

އެމްވީ މާޑާސް ވެބްސައިޓްގައި ލިސްޓްކުރެވިފައިވާ ކޭސްތަކަށް ބަލާއިރު2003 ވަނަ އަހަރު 4 މީހަކު މަރާލާފައިވާއިރު މިހަތަރު މީހުންނަކީ ވެސް މާފުށީ ޖަލުގައި މަރާލާފައިވާ 4 މީހުންނެވެ. އަދި 2003 އިން 2008 އަށް ދިވެހިރާއްޖޭ ގައި 8 މީހަކު މަރާލެވިފައިވެއެވެ. މީގެއިތުރުން، 2009 ވަނަ އަހަރުން 2013 ވަނަ އަހަރަށް 23 މީހަކު ވަނީ މަރާލާފައިވެއެވެ. މި 13 މީހުންގެ ތެރެއިން 10 މީހަކު މަރާލާފައިވަނީ 2012 ވަނަ އަހަރުގައެވެ. އެއަހަރަކީ ވެރިކަން ފުރޮޅިގެން ދިޔަ އަހަރުކަން ވެސް ފާހަގަކުރެވެއެވެ. 2012 ވަނަ އަހަރަށްފަހު އެންމެ ގިނަ މީހުން މަރާލާފައިވަނީ 2015 ވަނަ އަހަރުގައެވެ. އެއަހަރު 9 މީހަކު ވަނީ މަރާލާފައިވެއެވެ. 2014 ވަނަ އަހަރުންފެށިގެން މިއަހަރުގެ މިހާތަނަށް 24 މީހަކު ވަނީ މަރާލާފައިވެއެވެ.


އެހެންކަމުން 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް މަރާލެވުނު މީހުންގެ ނިސްބަތަށް ބަލާއިރު ކޮންމެ 54 ދުވަހަކުން މީހަކު މަރާލާފައިއެވެ. މިއަދަދަކީ އޭގެކުރީ 5 އަހަރާއި އަޅާބަލާއިރު 31 އިންސައްތަ އަވަސް މުއްދަތެކެވެ. ކުރީ 5 އަހަރު މަރާލާފައިވާ މީހުންގެ ނިސްބަަތަށް ބަލާއިރު ކޮންމެ 79 ދުވަހަކުން މީހަކު މަރާލާފައިވެއެވެ. 2003 އިން 2008 އާއިދޭތެރޭ މަރާލާފައިވާ މީހުންގެ ނިސްބަތަށް ބަލާއިރު ކޮންމެ 228 ދުވަހަކުން މީހަކު މަރާލާފައިވެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!