17 ޑިސެމްބަރ 2017 (އާދީއްތަ)


ރިފްރެޝާ ޕްރޮގްރާމެއް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި ހިންގައިފި

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ ފުލުހުންގެ ރިފްރެޝާ ޕްރޮގްރާމްގެ ތެރެއިން ފޮޓޯ:މޯލްޑީވްސް ޕޮލިސް ސާވިސް

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ ފުލުހުންގެ ރިފްރެޝާ ޕްރޮގްރާމްގެ ތެރެއިން ފޮޓޯ:މޯލްޑީވްސް ޕޮލިސް ސާވިސް

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނަށް ރިފްރެޝާ ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓް މަހުގެ 8 ވަނަ ދުވަހުން ފެށިގެން 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގައި ފިޒިކަލް ޓްރެއިނިންގ ކުލާސްތަކާއި ބިޑި އާއި މުގުރު ބޭނުންކުރާނެ ގޮތްތަކާއި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ޢަމަލުކުރާ ގޮތްތަކާއި، ސުލްޙަވެރިކަމާއެކު މީހުންނާ މުޢާމަލާތްކުރާނެ ގޮތްތަކާއި، އެއްވުމެއް ރުޅާލާނެ ގޮތްތަކައި އެކަމުގައި ބޭނުންކުރާ ތަފާތު އުކުޅުތަކާއި ސެލްފް ޑިފެންސް ބައިތައް ކިޔައިދީ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދީފައިވަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!