17 އޯގަސްޓް 2017 (ބުރާސްފަތި)


ޓްރީ ޓޮޕް ހޮސްޕިޓަލްގެ ވަޒީފާތަކަށް ފުވައްމުލައް ސިޓީން މީހުން ހޯދަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވަޒީފާތަކަށް ފުވައްމުލއް ސިޓީން މީހުން ހޯދަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވަޒީފާތަކަށް ފުވައްމުލއް ސިޓީން މީހުން ހޯދަނީ

މަތީ ފަންތިއަށް އަމާޒުކޮށްގެން ހުޅުމާލޭގައި ހަދާ ނިމުމާއި ގާތުގައިވާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ވަޒީފާތަކަށް ފުވައްމުލައް ސިޓީން މީހުން ހޯދުމުގެ ހަރަކާތެއް އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު ފުވައްމުލަކުގައި ކުރިޔަށް ގެންދިއުމަށް ހަމޖެހިއްޖެއެވެ. މި ހަރަކާތް ކުރިޔަށް ގެންދިއުމަށް އެ ހޮސްޕިޓަލުގެ ޓީމެއް ފުވައްމުލަކަށް ޒިޔާރަތް ކޮށް ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން ކުރިޔަށް ގެންދާނެއެވެ.

އެ ހޮސްޕިޓަލުގެ ވަޒީފާއަށް ޝައުގުވެރިވާ ފުވައްމުލަކުގެ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ މިމަހު 16 އަދި 17 ވާ ބުދަ އަދި ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:00 ން 10:00 އަށް އަދި ހެނދުނު 9:00 ން 12:00 އަށް އަދި މެންދުރު ފަހު 2:00 ން 4:00 އަށް ފުވައްމުލަކު ސިޓީ ހޯލުގައެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަށް ބޭނުންވާ އެކިއެއކި ދާއިރާތަކުން ވަޒީފާގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެ ހޮސްޕިޓަލުގެ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ސިވީ އާއެކު ފުވައްމުލައް ސިޓީ ހޯލަށް ދިއުމުން ވަޒީފާތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން ވަޒީފާއަށް އެދޭ ފޯމު ފުރުމާއި އިންޓަވިއު ކުރުން ވެސް ކުރިޔަށް ގެންދެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ. މި ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތާއި ގުޅޭ ތަފާތު ގިނަ ދާއިރާތަކުން ހުރި ވަޒީފާގެ ފުރުސަތުތައް އާއްމުންނާއި ހިއްސާ ކުރެވިގެންދާނެކަމަށް ޓްރީޓޮޕް ހޮސްޕިޓަލުގެ އެޗް.އާރު. މެނޭޖަރ މުއުމިނާ ވަޙީދު މީޑިއާއަށް ވިދާޅުވިއެވެ.

ތަޖުރިބާ ނެތް ފަރާތްތަކަށް ވެސް އެ ހޮސްޕިޓަލުގެ ވަޒީފާތަކަށް ކުރިމަތި ލެވޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މިހަރަކާތުގެ ތެރެއިން އައްޑޫ ސިީގައި ވެސް ވަޒީފާތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޗަނެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. ވެރިރަށް މާލެ، ފިޔަވައި އެންމެ އާބާދީ ބޮޑު ސަރަޙައްދުތަކުގައި މިފަދަ ހަރަކާތެއް ބާއްވަނީ ވަޒީފާތަކަށް ޢާއްމުންގެ ޝައުޤުވެރިކަން ހުރިވަރު ބެލުމަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!