A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ ރަށް ގިރުމަށް ހައްލެއް ނެތީބާ؟

އިއްޔެ ފުވައްމުލަކު އިރު-އުތުރު ސަރަހައްދުން ގިރައި ރަށާއި ވަކިވެ، ވެއްޓުނު ރުކެއް. ފޮޓޯ: ހަސަން ސައީދު

ރާއްޖޭގެ އާބާދީ 3 ވަނައަށް އެންމެ ބޮޑު ސިޓީ، ފުވައްމުލައް ސިޓީއަށް ރަށް ގިރުމުގެ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައި ވާތާ އެތައް އަހަރެއް ވެއްޖެއެވެ. މިކަމަށް ހައްލެއް ނުލިބި ދިގު ދެމިގެންދާ ވަރަކަށް ރަށަށް ލިބޭ ގެއްލުން އަންނީ އިތުރު ވަމުންނެވެ. އެގޮތުން އިއްޔެ ވެސް ވަނީ ރަށުގެ އިރު އުތުރު ފަރާތުން ތަންގަނޑެއް ގިރައި ރަށާއި ވަކި ވެފައެވެ.

ފުވައްމުލަކުގެ ގިރާ ސަރަޙާއްދު ހިމާޔަތްކުރުމަށް ތޮށި ލުމަށް އެތައް އަހަރެއްގެ ދައުލަތުގައި ބަޖެޓުގައި ޖަހާފައި ވެއެވެ. އަދި އެޕްރޮޖެކްޓަށް ނެދަރލޭންޑާއި ޔޫރަޕިއަން ޔޫނިއަން އަދި ކުވޭތު ފަނޑުގެ ހިލޭ އެހީ ވެސް ހަމަޖެހިފައިވާ ކަމަށް ބަޖެޓު ފޮތްތަކުން ފެނެއެވެ. ނަމަވެސް އެ މަސައްކަތް ފެށޭ ތަނެއް ނުފެނި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

އެކިފަހަރުމަތިން ރަށުގެ އިރު ދެކުނު ފަރާތުން ތަންގަނޑުގަނޑަށް ރުއްތަކާއި ރަށުގެ އާނުގަނޑާއެކު ގިރައިގެން ގޮސްފައި ވެއެވެ. މިމައްސަލަ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ގަބޫލު ކުރެވެނީ މަތީގައި ބުނެވުނު ބަޖެޓް ފޮތްތަކުންނެވެ.

ދެން އުފެދޭ ސުވާލަކީ މިމައްސަލައަށް ހައްލެއް ނުލިބި، ފުވައްމުލަކަށް ވުރެ އާބާދި މަދު ކުދި ރަށްތަކުގެ ގިރާ ސަރަހާއްދުގައި ތޮށިލެވިފައި ވަނީ ކީއްވެގެން ހެއްޔެވެ؟ ފުވައްމުލަކުން މިސަރުކާރަށް ކުރާ ތާއިދު ކުޑައީ ހެއްޔެވެ؟ ނުވަތަ ސަރުކާރުގެ އިސްފަންތީގައި ފުވައްމުލަކު ބަޔަކު ނެތީ ހެއްޔެވެ؟ ނޫނީ އެމީހުން އަޅާ ނުލަނީ ހެއްޔެވެ؟

އެންމެ ފަހުން އިންތިޚާބު ކުރެވުނު ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލަކުގެ 3 ގޮނޑި ވެސް ގެންދިޔައީ ސަރުކާރުގެ ކެންޑިޑޭޓުންނެވެ. އަދި އެންމެ ފަހުން ގާއިމުކުރެވުނު ސަރުކާރުގެ އެނެމެ އިން 3 މީހުންގެ ތެރެއިން ރައްޔިތުންގެ މަޖުލީހުގެ ރައީސަކީ ފުވައްމުލަކު މީހެކެވެ. އަދި ނާއިބު ރައީސަކި ފުވައްމުލަކު މީހެކެވެ. މީގެ އިތުރުން އެކި މިނިސްޓްރީގެ މިނިސްޓަރުން ފެންވަރުން ފެށިގެން އެއިގެ ދަށް މަގާމުތަކުގައި ވެސް ފުވައްމުލަކު މީހުން ތިއްބެވެ.

އެކަމަކު ރަށް ގިރުމުގެ މައްސަލައަށް ފުވައްމުލަކުގައި ތިބި ޒުވާނުން ސޯޝަލް މީޑީއާގައި އަދި އެހެނިހެން ގޮތްގޮތުން ފާޅުކުރާ ކަންބޮޑުވުން ތަކަށް ނިމުމެއް ގެނެސް ދެވޭ ވަރުގެ މީހަކު ހުރިކަމަކަށް ނުވިއެވެ.

ތިމާވެއްޓަށް ލޯބިކުރާ އެތައް ފަރާތަކާއި ފުވައްމުލަކުގެ އެތައް ބަޔަކު އަދި ވެސް އެދިއެދި އެތިބީ ފުވައްމުލައް ގިރައިގެން ދާ މައްސަލައަށް ދާއިމީ ހައްލެ ލިބޭނެ ދުވަހަކަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !