A wide advertisement which will be shown on all devices. (700 x 100)

ޑްރަގް މައްސަލާގައި ފުވައްމުލަކު މީހަކާއިއެކު 6 މީހަކު ހޯދަނީ

ފުލުހުން ހޯދަން އިއުލާންކޮށްފައިވާ މިސްކިތްމަގު ބްލޫލައިޓް ހަސަން އާތިފު (ވައަތްފަރާތުން ތިރީގައި). ފޮޓޯ: ފުލުހުންގެ އިދާރާ

ފުލުހުންގެ ގްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މަސްތުވާތަކެތީ ތަފާތު މައްސަލަތަކާއި ގުޅިގެން ފުވައްމުލަކު މީހަކާއެކު ހަ މީހަކު ހޯދަން ފުލުހުން އާންމުންގެ ކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި އާއްމުކޮށް ފައިވާ މި ހަ މީހުން ހޯދަމުން ދަނީވެސް މަސްތުވާތަކެތީގެ ތަފާތު 6 މައްސަލައަކާއި ގުޅިގެން ކަމަށް ވެއެވެ. ނަމަވެސް މީގެ އެއވެސް މައްސަލައެއްގެ ތަފްސީލް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ. 

މި މައްސަލަތަކާ ގުޅިގެން ހޯދަމުންދާ ފުވައްމުލަކު މީހަކީ، ޏ. ފުވައްމުލައް/މިސްކިތްމަގު، ބްލޫލައިޓް، ޙަސަން ޢާޠިފް (41އ) ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.  

ފުލުހުން އެދިފައި ވަނީ މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9660126 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައި ވެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !