A wide advertisement which will be shown on all devices. (700 x 100)

ކްރިކެޓް މުބާރާތުގެ ފައިނަލަށް ހޭޒް ޓީމު އޭ އާއި އެމްޖޭއެމް ޓީމް އޭ

މިހާރު ކުރިޔަށްދާ ފުވައްމުލަކު ސްކޫލްތަކުގެ ފިރިހެން ކުދިންގެ ކްރިކެޓް މުބާރާތުގެ ފައިނަލަށް އެމްޖޭއެމް އޭއީމާއި ހޭޒްގެ އޭ ޓީމު. ފޮޓޯ: ކްރިކެޓް ފުވައްމުލައް.

މިހާރު ކުރިޔަށްދާ ފުވައްމުލަކު ސްކޫލްތަކުގެ ފިރިހެން ކުދިންގެ ކްރިކެޓް މުބާރާތުގެ ފައިނަލަށް އެމްޖޭއެމް އޭއީމާއި ހޭޒްގެ އޭ ޓީމު ދަތުރު ކޮށްފިއެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ހޭޒް އޭ ޓީމު މޮޅުވީ ހޭޒް ބީ ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗު އެމްޖޭއެމް އޭ ޓީމު ކާމިޔާބުކުރީ އެފްއެސް ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އިއްޔެ މެންދުުރ ފަހު ކުޅުނު ސެމީ ފައިލުގެ ފުރަތަމަ މެޗުގައި ހޭޒް ބީ ޓީމުން ފުރަތަމަ ބެޓް ކުރަން ނިކުތީ މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނުގެ ގޮތުގައި އފާހަގަކުރެވުނު އެޓީމުގެ ބެޓްސްމަނާއި ނުލައެވެ. އޭނާ ސަސްޕެންޑް ވެފައިވުމުން މިމެޗުގައި ކުޅޭ ގޮތް ނުވިއެވެ. އެޓީމަށް 15 އޯވަރުގައި 7 ވިކެޓަށް ހެދުނީ 90 ލަނޑެވެ. އެޓީމުން އެންމެ ރަގަނޅަށް ބެޓް ކުރީ ގްރޭޑް 4 ގެ ދަރިވަރު މަބްސަރު އެވެ. އޭނާ ވަނީ 22 ލަނޑު ހަދާފައެވެ. 

ޖަވާބުގައި ހޭޒްގެ އޭ ޓީމު ކުޅުން ފެށީ ވަރަށް ވަރުގަދަ ކޮށެވެ. ފަހު އޯވަރުގައި އެޓީމުން ވަނީ ޓާރގެޓަށް، 91 ލަނޑާއި ހަމަކޮށްފައެވެ. އެޓީމުގެ އާލިމް 26 ލަނޑު، އިޝާން 18 ލަނޑު ހެދިއެވެ. އެޓީމުގެ އުކުމުގައި އާލިމް ވަނީ 3 ވިކެޓް ނަގާފައެވެ.

އާދީއްތަ ދުވަހުގެ ދެވަނަ މެޗުގައި އެފްއެސް ޓީމާއި އެމްޖޭއެމް އޭ ޓީމުގެ ބައްދަލުކުރި ސެމީ ފައިނަލުގެ ދެވަނަ މެޗު އެމްޖޭއެމް އޭ ޓީމު ކާމިޔާބުކުރީ ޖަވާބުގައި ކުޅެން އަރާ މެޗު 77 ލަނޑުންނެވެ. ފުރަތަމަ އެފްއެސް ޓީމުން ބެޓް ކުރަން ނިކުމެ 15 އޯވަރުން ހެދުނީ 76 ލަނޑެވެ. އެ ޓީމުގެ ޔައީޝް 11 ލަނޑު ހެދި އިރު އެހެން ކުޅުންތެރިންނަށް މާކަ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެމްޖޭއެމް ފަސޭހަކަމާއެކު 77 ލަނޑު ހެދީ 11 އޯވަރުގައެވެ. އެޓީމުގެ އަނަސް 24 ލަނޑު މާން 12 ލނަޑު އަދި ހައިކަލް 11 ލަނޑު ހެދިއެވެ.

މިމުބާރާތުގައި އެފްއެސް ތީމުން މޮޅު ކުޅުމެއް ދައްކައި ސެމީފައިނަލަށް ދަތުރުކުރި ނަމަވެސް އެޓީމަށް ފައިނަލާއި ހަމަޔަށ ްނުދިއުމުގައި އެޓިމުގެ ތަޖުރިބާ މަދުކަން ފާހަގަ ކުރާކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ފާހަގަ ކުރިއެވެ. އަދި ކުޑަ ދުވަސްކޯލެއް ގެ ޕްރެކްޓިހާއެކު ސެމީ ފައިނަލަށް ދަތުރު ކުރުމަކީ ރަނގަޅު ނަތީޖާއެއް ކަމަށް ބަލަން ޖެހެއެވެ.   މިމުބާރާޓުން ފެނިގެންދިޔަ އެފްއެސްގެ ހުނަރުވެރި ކުދިންނަށް އިތުރު ފުރުސަތު ހުޅުވާލަދނުމުގެ ގޮތުން ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް އިން ސްކޫލާއި ގުޅިގެން ކްރިކެޓު ކުޅުމަށް ހުރި ދަތިތައް ނައްތާލައި ކުޅުމުގެ އިތުރު ފުރުސަތު ފަހިކޮށްދޭނެ ކަމަށް ކްރިކެޓް ބޯޑުން ހާމަކުރެެއެވެ.

މިމުބާރާތުގެ ފައިނަލް ކުޅުމަށް ހަމޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު 3 ނޫނީ 4 ވަނަ ދުވަހު އެވެ. މިއާއެެކު އަންހެނުންގެ ކުރިކެޓް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ވެސް ސެޕްޓެމްބަރު ކުރީ ކޮޅު ބެއްވުމަށް ކްރިކެޓް ފުވައްމުލަކާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިްނ އަންނަނީ ތައްޔާރުވަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !