19 ޖޫން 2018 (އަންގާރަ)


ފުވައްމުލަކު ހޭޅިފަށް ސާފުކުރުމުގެ ހަރަކާތް ކުރިޔަށް!

އިއްޔެގ ސާފުކުރުމުގައި ހަރަކާތްތެރިވި މީހުން މަސައްކަތް ނީންމާފައި ފޮޓޯއަކަށް. ފޮޓޯ: ސައީދު

އިއްޔެގ ސާފުކުރުމުގައި ހަރަކާތްތެރިވި މީހުން މަސައްކަތް ނީންމާފައި ފޮޓޯއަކަށް. ފޮޓޯ: ސައީދު

ފުވައްމުލަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ސަމާލުކަން ހޯދުމުގެ ގޮތުން ޒުވާނުންގެ ގްރޫޕަކުން އިސްނަގައިގެން ފުވައްމުލަކުގައި ކުރިޔަށް ގެންދާ ހޭޅިފަށް ސާފުކުރުމުގެ ޕްރޮގްރާމެއް އިއްޔެވެސް ކުރިޔަށް ގެނދިޔައެވެ. އަދި މިއަދު ވެސް އެޕްރޮގްރާމުގެ ދަށުން ސާފުކުރުން ކުރިޔަށް ގެންދިއުމަށް ވަނީ ވަނީ ހަމަޖެހިފައެވެ. 

އިއްޔެގެ ސާފުކުރުމުގެ ހަރަކާތުގައި ވަނީ ގިނަ އަދަދެއްގެ ކުންޏާއި ޕްލާސްޓިކް ފުޅިތައް ވަނީ ޑަސްބިން ކޮތަޅުގައި އެއްތަނަކަށް ޖަމާކޮށްފައެވެ.

މިހަރަކާތުގައި އަމަލީ ގޮތުން އުޅުއްވާ އަލީ ޝިއާޒު ހާމަކުރާ ގޮތުގައި "އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހތްވަރު ލިބިގެން ފުވައްމުލަކުގެ ތިމާވެށި ހިމާޔަތްކުރަން އެމީހެއްގެ ހިއްސާ ދެވިގެން އިޖުތިމާޢީ މަސައްކަތެއްގެ ގޮތުގަިއ ބަލައިގަނެ ފަރުދީ ޒިންމާ އަޑާކުރައްވާ!" މިގޮތުން ކުރިޔަށް ގެނދެވޭ ސާފުކުރުމުގައި ފުވައްމުލަކުގެ ރައްޔިތުންނާއި ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން ބައިވެރިވުމަށް އެދިފައި ވެއެވެ.

އިއްޔެގެ ސާފުކުރުމުގެ ހަރަކާތަށްފަހު ޝިޔާޒު ހާމކޮސްފަިއވަނީ "އަޅުގަނޑުމެން މިއަދު ކުރި މަސައްކަތުން  އިޙުސާސު ވީ މާދަމާ ވެސް ފުވައމްުލައް ނެތި ހިނގައިދާނެ ކަމުގެ ބިރު. ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި ކޮންމެ ފަދަ ބަދަލެއްވެސް އަތުވެދާނެ. ރަށުގެ ހޭޅިފަށަށް ކުނި އެޅުމުން ގެއްލުން ވާނީ ހަމ އަޅުގަނޑުމެންނަށް". އޭނާގެ ފޭސްބުކް ގައި ލިޔެފައި ވެއެވެ.

ރަށ ްގިރުމުގެ ނުރައްކަލާއި ގުޅޭ ގޮތުްނ ޝިޔާޒުގެ އެހެން ޕޯސްޓެއްގައި ލިޔެވައި ވަނީ "ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި ފުވައްމުލައް ނެތި ހިނގަިއދާނެ ކަމުގެ ބިރު އެބައޮތް. ހޭޅިފަށް ނެތި ހިނގައްޖެ. ދުވާލަކު ރުކެއް، ގަހެއް މިދަނީ ރާޅާއެކު ވެއްޓެމުން. ސިޔާސީ އޮއިވަރުގަިއ ނުޖެހި ރަސްގިރުމުގެ މައްސަލއަށް ހައްލެއް ހޯދަވައިދެއްވާ! އެވެ. 

މިހަރަކާތުގައި އިސްކޮށް އުޅުއްވާ އަޝްރަފު ނުޢުމާނު ހާމަކުރައްވާ ގޮތުގައި ފުވައްމުލައް ސަލާމަތް ކުރުމަށް ހުރިހާ ރައްޔިތުން ތެދުވާން ޖެހޭ ވަގުތު ޖެހިއްޖެ އެވެ. އަދި ގޭގައި ނުތިއްބަވާ ރަށުގެ ގުދުރަތީ ވަސީލަތްތައް ބޭކާރުވެގެން ދާއިރު އަސާސީ ފަރުދީ ޒިންމާ ނެންގެވުމަށް އޭނާ ގޮވާލާފައި ވެއެވެ.

ރަށުގެ ފަސްގަނޑުން ގިރައިގެން، ނެތިގެން ދާތަން މަރާމާތު ކުރުމަކީ ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހޭކަމެއް ކަމަށާއި އަދި ގާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މިރަށުގެ ފަސްގަނޑު ރައްކާތެރިކުރުމަކީ ދައުލަތުގެ އަސާސީ ވާޖިބަކަށް ވާހިނދު، ތިޔަ ރައްޔިތުން ކައުންސިލަރުންނާއި ރައްޔިތުންގެ މަޖުލިސް މެންބަރުން މެދުވެރި ކުރައްވައިގެން ނުވަތަ ތިޔަ ރައްޔިތުން ނިސްބަތްވާ ސިޔާސީ ޕާޓީ މެދުވެރިކޮށްގެން ވެސް މިރަށް ރަށްކާތެރި ކުރުމުގެ މަޝްރޫޢުގެ 'ޚަބަރު ދަބަރު' ބެއްލެވުމަށް އަޝަރަފު ގޮވާލާފައި ވެއެވެ. 

ކޮންމެ ބޭފުޅަކު ވެސް މިރަށުން ގިރައިގެން މިދާ ތަން ހަމަ ލޮލުން ބެއްލެވުމަށް ވެސް އަޝްރަފު ރައްޔިތުްނ ކިބައިން އެދިފައި ވެއެވެ.

މިއަދު ވެސް ހޭޅިފަށް ސާފުކުރުމުގެ މިޕްރޮގްރާމް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައެވެ. އެގޮތުން މިއަދު ސާފުކުރުން ފެށުމަށް ހަމަޖެހިފައި ވަނީ އަނބުލުފަންނު ންނެވެ. މިހަރަކާތުގައި ބާއިވެރިވާން އެދޭ ފަރާތްތަކުން މިއަދު ހަވީރު 4 ޖަހާއިރު އެސަރަހައްދަށް އައުމަށް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!