23 ސެޕްޓެމްބަރ 2017 (ހޮނިހިރު)


މުޅި ފުވައްމުލައް ވަށާ ސާފުކުރުމަށްފަހު ސާފުކުރުމުގެ ހަރަކާތް ނިންމާލައިފި

ފުވައމްުލައް ސާފުކުރުން ކުރިޔަށް ގެންދިޔަ ގޮތް. ފޮޓޯ: އިބްރާހިމް ސައީދު

ފުވައމްުލައް ސާފުކުރުން ކުރިޔަށް ގެންދިޔަ ގޮތް. ފޮޓޯ: އިބްރާހިމް ސައީދު

އިންތިހާއަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ފުވައްމުލަކުގެ ރަށްގިރުމުގެ މައްސަލައަށް ސަމާލުކަން ހޯދުމުގެ ގޮތުން ޒުވާނުންތަކެ އިސްނަގައިގެން ފުވައްމުލަކުގައި ކުރިޔަށް ގެންދާ އަތިރިމަތި ސާފުކުރުމުގެ ޕްރޮގްރާމް އިއްޔެ ނިންމާލީ ފުވައްމުލައް ވަށައިގެން ވާ އަތިރިމަތި ސަރަޙައްދު އެއްކޮށް ސާފުކޮށްފައެވެ. މިޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގެ އަތިރިމަތީގެ 10.4 ކީލޯމީޓަރުގެ ސަރަޙާއްދެއް ވަނީ ސާފުކޮށް ފައެވެ.

ފުވައްމުލަކު ރަސްގެފަންނުން ފެށި ސާފުކުރުން އިރަށް ގޮސް ބޮނޑޮފަންނު ސަރައްދާއި އަދި އުތުރަށް ގޮސް އަނބުލުފަންނާއި ހަވިއްތަ ފަންނު އަދި ތުނޑި އާއި ގެންމިސްކިތް ސަރަހާއްދާއި ހުޅަގުން ނެރެގަނގޮ އަދި ހުޅަނގު ދެކުނުން ދަޑިމަގުފަންނުން އިރުދެކުނަށް ގޮސް މާނޭރެ ސަރަހައްދާއި ކަނދޮއަލި ފަންނުން އިރަށް ގޮސް "ހުދު" ސަރަހައްދާއި އެއަރޕޯރޓް ބިއްދޮށް ސާފުކުރުން ވެސް މިހަރަކާތުގައި ހިމެނުނެވެ.

މިހަރަކާތް 11 ދުވަހަށް ފަހު ނިންމާލިއިރު ޒުވާން އަންހެނުންނާއި ފިރިހެނުން އަދި ރާއްޖެއިން ބޭރުގެ ބައެއް ފަރަތްތަކުން ވެސް ބައިވެރިވެފައި ވެއެވެ. މިހަރަކާތުގައި 553 ބޮޑު ޑަސްބިން ކޮތަޅުގެ ކުނި ވަނީ ޖަމާކުރެވިފައެވެ. އޭގެތެރޭގައި ގިނައިން ހިމެނެނީ ޕްލާސްޓިކް ފުޅި އާއި ދަޅުފަދަ ބާވަތްތައް ކަމަށް މައުލޫމާތު ލިބެއެވެ.

ފުވައްމުލަކުގެ ފަސްގަނޑުން އިރުއުތުރު ފަރާތުން ގިރައިގެން ގޮސް، ނެތިގެންދިއުން ހުއްޓުވުމަށް އެސަރަޙައްދުގައި ތޮށިލުމުގެ ޕޮރޮޖެކްޓެއް ދައުލަތުގެ ބަޖެޓްގައި ޖަހަމުން އަންނތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް އަމަލީ މަސައްކަތް ފެށިފައި ނުވުމަކީ ފުވައްމުލަކުގެ ބޮޑު އާބާދީން އިންތިހާޔަށް ކަންބޮޑުވާ ކަމެކެވެ. 

ގާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މިރަށުގެ ފަސްގަނޑު ވެސް ރައްކާތެރިކުރުމަކީ ދައުލަތުގެ އަސާސީ ވާޖިބަކަށް ވާހިނދު، ފުވައްމުލަކުގެ ރައްޔިތުން މިކަމަށް ބާރުއެޅުމުގެ ގޮތުން އިތުރު މަސައްކަތްކުރުމަށް މިހަރކާތުގެ ބައިވެރިން ގޮވާލާފައި ވެއެވެ.

މިކަލް ނޫހުން ގޮވާލަނީ ފުވައްމުލަކުގެ ގިރާ ސަރަޙާއްދު ހިމާޔަތްކުރުމަށް ރޭވިފައިވާ ޕްރޮޖެކްޓްގެ މަސައްކަތް، ކަމާގުޅޭ އެންމެހާ ފަރާތްތަކުން އަވަސްކޮށް މި މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!