A wide advertisement which will be shown on all devices. (700 x 100)

ފައިސާއިން ހުރިހާކަމެއް ވާނެ ކަމެއް ގަބޫލުކުރަން ހެއްޔެވެ؟

ޖިންސުއްލަތީފަކު ފައިސާތައް ހޮސްޕިޓަލުގެ ކޮރިޑޯތެރެއަށް އއުކާލި މަންޒަރު

ދާދި ފަހުން ޗައިނާގެ އިރު-އުތުރު ސަހަރެއް ކަމުގައިވާ ހާބިން ޕްރޮވިންސްގެ، ހާބިން ޕްރޮވިންޝަލް ހޮސްޕިޓަލުގައި ތިބި އެތައްބަޔަކަށް ހައިރާންކަން ގެނުވައި އަމއިްލަ ހަޔާތާއިމެދު އިތުރަށް ވިސްނަން ޖެހުނު ހާދިސާއެއް ހިނގިއެވެ.

މިހާދިސާގައި ފެނިގެން ދިޔައީ ޒުވާން އަންހެނަކު ޑޮކްޓަރު ކޮޓަރީން ނިކުމެގެން ދަމުން އަތްތަދަބުގައި ފުރެންދެން ހުރި ފައިސާތައް ބިންމައްޗަށް އުކާލަމުންދިޔަ ހައިރާންކުރުވަނިވި މަންޒަރެވެ. މަތީގައި އެވާ ފޮޓޯގައި އެހުރީ އެމަންޒަރުގެ ފޮޓޯ އެކެވެ.

އެ ޖިންސުއްލަތީފު ޑޮކްޓަރު ކޮޓާރިން ނިކުމެގެން ދިޔައީ ރުޅިވެރިކަމާއި ކަންބޮޑުވުންތަކާއެކު ފައިސާތައް އަތްދަބަހުން ނަގައި ހޮސްޕިޓަލުގެ ކޮރިޑޯތެރެއަށް އުކަމުންނެވެ. އެންމެ ފަހުން އަތްދަބަސް ވެސް އެއްލާލިއެވެ. އޭނާ ބާރަށް ގޮވާ ނަގަމުން ދިޔައެވެ. 

“އެތައްބައިވަރު ފައިސާތައް އަަތުގައި ހުރުމުގެ ބޭނުމަކީ ކޮބާ؟ މިފައިސާ ތަކުގެ ބޭނުމަކީ ކޮބާ؟ ފައިސާއަށް ރަނގަޅު ސިއްޙަތެއް ލިބެނީކީ ނޫން. ފައިސާއަށް ވަގުތު ގަންނަން ލިބެނީކީ ނޫން. ފައިސާއަށް އިތުރު ފުރާނައެއް (ހަޔާތެއް) ލިބެނީކީ ނޫން. ދެންކީއްކުރާ ފައިސާއެއް؟ އެންމެން ހޯދަން މިއުޅެނީ؟

ވެގެން އުޅޭ ގޮތް އެނގުނީ ތަންކޮޅެއް ފަހުުންނެވެ. ކެންސަރު ބަލީގެ އެޒުވާން އަންހެނާ ޑޮކްޓަރު ގާތަށް އެތައް ބައިވަރު ފައިސާތަކާއެކު ގޮސް އެދުނީ އޭނާގެ ބަލި ރަނގަޅުކޮށް ދީ ފުރާނަ ސަލާމަތްކޮށް ދިނުމަށެވެ. އަދި އެކަމަށް އެތައްބައިވަރު ފައިސާ ހުށަހެޅިއެވެ. 

ނަމަވެސް ޑޮކްޓަރުގެ ޖަވާބަކަށްވީ އޭއީ އޭނާއަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެހެނީ އެޖިންސުއްލަތީފަށް ޖެހިފައިވާ ކެންސަރު ބަލި ހުރީ އެއިގެ އެންމެ ފަހު މަރުހަލާގައި ކަމަށް ވުމެވެ. 

އެކަމާއި ޒުވާން އަންހެނާ ކަންބޮޑުވެ، ގޮތް ހުސްވެ، އަމަލުތައް ބެހެއްޓި ގޮތުން މަންޒަރު ފެނުނު އެތައް ބަޔަކަށް ހަޔާތާއި ސިއްޙަތާއިމެދު އިތުރަށް ވިސްނުމަށް މަޖުބޫރުކުރުވި އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !