23 ސެޕްޓެމްބަރ 2017 (ހޮނިހިރު)


ވިލާ ގުރޫޕްގެ ފަރާތުން ފުވައްމުލަކު ޒުވާނުންނަށް ވަޒީފާގެ ފަހި ފުރުސަތުތަކެއް !

މިފެއާރގައި ވިލާ ގުރޫޕްއިން ހިންގާ 5 ރިސޯޓަށް ބޭނުންވާ، މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މިފެއާރގައި ވިލާ ގުރޫޕްއިން ހިންގާ 5 ރިސޯޓަށް ބޭނުންވާ، މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ވިލާގުރޫޕްގެ ފަރާތުން  ފުވައްމުލަކުގައި ޖޮބް ފެއާރއެއް ބޭއްވުމަށް ނިންމަވައިފިއެވެ.

މި ޖޮބް ފެއާރ ބޭއްވުމަށް ހަމަޖެހިފައި ވަނީ 19 ސެޕްޓެމްބަރ 2017 އިން 20 ސެޕްޓެމްބަރ 2017 ގެ ނިޔަލަށް ފުވައްމުލައް ސިޓީ ކައުންސިލްގައިއެވެ. މި ފެއާރ ހުޅުވިފައި ހުންނާނީ ހެދުނު 10:00 އަކުން ފެށިގެން ހަވީރު 17:00 ޖެހުމާއި ހަމައަށެވެ.

މިފެއާރގައި ތަފާތު އެކި ދާއިރާތަކުން ވިލާ ގުރޫޕްއިން ހިންގާ 5 ރިސޯޓަށް ބޭނުންވާ، މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މިފާއާރ ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ 2 ރަށެއްގައި ވެސް ބޭއްވުމަށް ވަނީ  ހަމަޖެހިފައިވެއެވެ. މިގޮތުން 16 ސެޕްޓެމްބަރ ގައި 16:30 އިން 21:00 އަށް،  17 ސެޕްޓެމްބަރ ގައި 10:00 އިން 17:00 ގައި ސ.ހިތަދޫގައި ސިޓީ ކައުންސިލް ގައި އަދި 18 ސެޕްޓެމްބަރ ގައި 10:00 އިން 17:00 ގައި ވިލާކޮލެޖް -ސ.މީދުގައި ވެސް ބެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް މައުލޫމާތު ލިބެއެވެ.

ވިލާ ގުރޫޕް އިން ހިންގާ 5 ރިސޯޓު ކަމުގައިވާ ޕްރެޑެއިސް އައިލެންޑް،ސަން އައިލެންޑް، ރޯޔަލް އައިލެން، ހޮލިޑޭ އައިލެންޑް އަދި ފަން އައިލެންޑް ރިސޯޓް އެންޑް ސްޕާރ ގައި މިހާރުވެސް 4000 އަށް ވުރުގިނަ މުވައްޒަފުން ހަރަކާތްތެރި ވަމުން ދެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!