A wide advertisement which will be shown on all devices. (700 x 100)

ބިލަބޮން ސްކޫލުގެ ދަރިވަރުން ފިލްޑް ޓްރިޕް ފުވައްމުލަކުގައި

ބިލަބޮން ސްކޫލުގެ ކުދިން ފުވައްމުލައު އެއަރޕޯޓުގައި

ބޮޑު އީދު ޗުއްޓީ އާއި ދިމާކޮށް ބިލަބޮން އިންޓަރނޭޝަނަލް ސްކޫލުގެ ގްރޭޑް 4 ގެ ދަރިވަރުން ފިލްޑް ޓްރިޕެއްގައި ފުވައްމުލަކުގައި ހަރަކާތްތެރިވަމުން އެބަ ދެއެވެ. މިދަތުރުގައި އެސްކޫލުގެ 30 ށް ވުރެ ގިނަ ދަރިވަރުންނާއި 4 ޓީޗަރަކު ބައިވެރިވެއެވެ.

މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން އެސްކޫލުގެ ސީނަރ މެނޭޖްމެންޓްގެ ބޭފުޅެއް ކަމުގައިވާ މަޢުރޫފާ ވިދާޅުވީ މިއީ އެދަރިވަރުން ކިޔަވަމުންދާ ސޯޝަލް ސްޓަޑީޒް މާއްދާގެ ސުރުޚީއެއް ކަމުގައިވާ “ދިވެހި ރާއްޖެ” އާއި ބެހޭގޮތުން ތަފާތު މައުލޫމާތު އެއްކުރުމަށާއި ތަފާތު މާހައުލުތައް ތަޖުރިބާ ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ ކޮންމެ ވެސް އެއް ހިސާބަކަށް ކުރާ ދަތުރެއް ކަމަށެވެ. އެގޮތުން ފާއިތުވި އަހަރު ރާއްޖޭގެ އުތުރަށް ދަތުރު ކުރި އިރު މިފަހަރު މިދަތުރު މިއައީ ދެކުނުން ފުވައްމުލަކަށް ކަމަށެވެ.

އެސްކޫލުގެ ގްރޭޑް 4ގެ ދަރިވަރުން ދަރިަވރުން ބައިނަލް އަގުވާމީ އިމްތިހާނެއް ކަމުގައިވާ ކެމްބްރިޖް ކީޕޮއިންޓް އެގްޒާމް ކޮންމެ އަހަރަކު ހަދައެވެ.

ބިލަބޮން އިންޓަރނޭޝަނަލް ސްކޫލަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ބައިނަލް އަގުވާމީ ސްކޫލެވެ. އެސްކޫލުގައި ޕްރި-ސްކޫލް ބަޔާއި ޕްރައިމަރީ އަދި ސެކަންޑަރީއަށް ވެސް ކިޔަވައި ދެއެވެ.

ބިލަބޮން ސްކުލަސް ނިސްބަތްވާ ޕްރީ-ސްކޫލް ރާއްޖޭގެ ބައެއް ރަށްރަށުގައި ކުރިޔަށް ގެންދެއެވެ. އެގޮތުން ފުވައްމުލަކުގައި ވެސް ބިލަބޮން އިންޓަރނޭޝަނަލް ސްކޫލުގެ ޕްރި-ސކޫލެެއް ހުރެއެވެ. ބިލަބޮން ސްކޫލުގެ ޕްރީސްކޫލް ބަޔަށް ކިޔަނީ ކެންގަރޫ ކިޑްސް އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !