A wide advertisement which will be shown on all devices. (700 x 100)

އަންހެންކުދިންގެ ކުރިކެޓް މުބާރާތަކުގެ ޗެމްޕިއަންކަން ފުވައްމުލަކު ދެ ޓީމަށް

ފުރަތމަ ނޭޝަނަލް ވިމެންސް ޓީ20 ކުރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުވައްމުލަކުގެ ދެ ޓީމް. "ޗެލެންޖަރސް" އަދި "ރަސްރަނިން". ފޮޓޯ: ކްރިކެޓް ފުވައްމުލައް

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ފުވައްމުލަކުގައި ބޭއްވި “ނޭޝަނަލް ވިމެންސް ޓީ ޓުވެންޓީ ކުރިކެޓް” މުބާރާތުގެ ޗެމްޕިއަންކަން ފުވައްމުލަކުން ބައިވެރިވި ދެ ޓީމަށް ލިބިއްޖެއެވެ.

ހޮނިހިރު ދުވަހު ފުވައްމުލަކު ކުރިކެޓް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗްގައި ބައްދަލުކުރީ ފުވައްމުލަކުގެ ދެ ޓީމްކަމަށްވާ “ޗެލެންޖަރސް” އަދި “ރަސްރަނިން” ޓީމެވެ. ފައިނަލް މެޗް މޫސުން ތަން ނުދިނުމުގެ ސަބަބުން ކުޅުން ކުރިއަށް ނުގެންދިޔުމަށް މެޗްގެ އަމްޕަޔަރުން ނިންމުމާއި ގުޅިގެން ޖޮއިން ޗެމްޕިއަނުންގެ ގޮތުގައި މި ދެޓީމަށް ވަނީ ޗެމްޕިއަންކަން ލިބިފައެވެ.

މުމުބާރާތުގައި މާލެއިން ހޮވާލެވުނުއަންހެން ކުދިންގެ ޓީމެއްވެސް ވާދަކޮށްފައިވެއެވެ.

މެޗްގެ ކުޅުން ހުއްޓާލުމަށްފަހު މުބާރާތުގެ ވަނަތަކަށް އައި ފަރާތްތަކަށް ހަނދާނީ ލިޔުމާއި ޓްރޮފީތައް ހަވާލުކޮށްދެއްވީ ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެގްޒެކްޓިވް ކޮމެޓީގެ މެމްބަރުންކަމަށްވާ އަލީ މުހައްމަދު މަނިކާއި އިސްމާއިލް އަނިލްއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !