17 ޑިސެމްބަރ 2017 (އާދީއްތަ)


ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

މީގެ ކުޑަ އިރުކޮޅެއް ކުރިން ތާރުމަގުގައި ހިނގި އެކްސިޑެންޓް. ފޮޓޯ: ނާހިދު

މީގެ ކުޑަ އިރުކޮޅެއް ކުރިން ތާރުމަގުގައި ހިނގި އެކްސިޑެންޓް. ފޮޓޯ: ނާހިދު

ފުވައްމުލަކު ނާއިބު ތުއްތު މަގުގައި ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. އެކުސިޑެންޓްވެފައިވަނީ ނާއިބް ތުއްތު މަގުން ބަނދަރާއިވީ ކޮޅަށް ދިޔަ ދެ ސައިކަލް މުޑިއަރައިގެން ނެވެ.

ނާއިބް ތުއްތު މަގުގެ މުސްތަފާ ކުރުބާ ގާޑިޔާ ހިސާބުގައި، މިއެކްސިޑެންޓް ހިނގަން މެދުވެރިވީ އުމުރުން 50 އަށް ވުރެ މަތީ ދިގުވާނޑު ވާދީ އަހްމަދު ނަސީމު އާއި އުމުރުން 30ހެއްހާ އަހަރުގެ ހޯދަޑު އަވަށު ސިމާގު (ވަނަން: ދޮންކަލޯ) ނަމަކަށް ކުއްޖަކާއެވެ.

ވާދީ ނަސީމު ކުރުބާ ވިއްކާތަނުގައި ހުރެފައި ސައިކަލުގައި ބަނދަރާއިވީ ކޮޅަށް ނައްޓާލި ވަގުތު ބާރުސްޕީޑެއްގައި ފަހަތުން ބަނދަރާއިވީ ކޮޅަށް ދުއްވާފައި އައި ޒުވާނާގެ ސައިކަލު ކޮންޓްރޯލް ނުވެ ނަސީމުގެ ސައިކަލުގައި ޖެހިފައި ދެމީހުން ވެސް ވިއްސައިގެން ދިޔައީކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.

މި އެކުސިޑެންޓްގައި ބޮޑަށް އަނިޔާ ވެފައި ވަނީ ބާރު ސްޕީޑެއްގައި ސައިކަލު ދުއްވި ޒުވާނާއަށެވެ. އޭނާގެ ފައިގެ އުކުޅުވަޅަށް އަނިޔާވެ، ކަކުލުހުޅު މަށައިގެން ގޮސްފައި ވެއެވެ. އަދި ނަސީމްގެ ބޯފަޅައިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެކުސިޑެންޓް ހިނގި ތަނުގައި ހުރި ނާހިދު ބުނި ގޮތުގައި ނަސީމުގެ ބޯފަޅައިގެން ގޮސް އެކްސިޑެންޓް ވި ތަނުގައި ލޭހުރި ކަމަށެވެ. އަދި މީގެ އިތުރުން ދެމީހުން ވެސް ދުއްވި ސައިކަލަށް ގެއްލުން ލިބިފައިވެއެވެ.

މިދެމީހުނަށްވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!