A wide advertisement which will be shown on all devices. (700 x 100)

20 ވަނަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ފުވައްމުލަކު ސްކޫލްތަކުން ބައިވެރިވޭ

ޏ.އޭއީސީގެ ދަރިވަރުން އެތްލެޓިކްސް މުބާރާތުގެ ތެރެއިން. ފޮޓޯ: ޏ.އޭއީސީ

މިމަހު 11 އިން ފެށިގެން މާލޭގައި ކުރިޔަށްދާ 20 ވަނަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ފުވައްމުލަކުގެ ހުރިހާ ސްކޫލަކުން ވެސް ވާދަކުރަމުން އެބަދެއެވެ. މާލެއާއި އަތޮޅުތަކުގެ 34 ސްކޫލަކުން ވާދަކުރާ މިމުބާރާތުގައި ފުވައްމުލަކުގެ 4 ސްކޫލް ކަމަށްވާ އެމްޖޭއެމް، ހާފިޒް އަޙުމަދު ސްކޫލް (ހޭޒް) ފުވައްމުލަކު ސްކޫލް (އެފްއެސް) އަދި ޏ. އަތޮޅު ތައުލީމީ މަރުކަޒުން (ޏ.އޭއީސީ) އިން ބައިވެރިވެއެވެ.

މާލެ ސިޓީ އެތުލެޓިކްސް ގްރައުންޑްގައި ކުރިޔަށްދާ މިމުބާރާތުގައި 10 ކެޓަގެރީއެއް ހިމެެނެއެވެ. މި ދިހަ ކެޓެގަރީން 143 ޓީމު ބައިވެރިވެފައި ވެއެވެ. އެއީ ޖުމްލަ 1036 އެތުލީޓުންނެވެ. މިމުބާރާތުގެ އިވެންޓްތައް މިމަހު 11 އިން 15 ވާ ހުކުރު ދުވަހާިއ ހަމަޔަށް ކުރިޔަށް ގެނެދެވެނެއެވެ. ހެންދުނު ދަންފަށިގެ އިވެންޓްތައް ކުރިޔަށް ދާނީ 7:30 ން 10:30ށް އަދި ހަވީރުގެ އިވެންޓްތައް ކުރިޔަށްދާނީ 4:00 ން 6:30 އަށެވެ.

ފުވައްމުލަކުން އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައި ވަނީ ހޭޒް އިންނެވެ. އެސްކޫލުން އަންހެން 17 ދަރިވަރުންނާއި ފިރިހެން 16 ދަރިވަރުން 14 އިވެންޓެއްގައި ވާދަކުރެއެވެ. އެސްކޫލުން ވާދަކުރަނީ 11 އަހަރުން ދަށާއި 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގައެވެ.

ޏ.އޭއީސީން ބައިވެރިވެފައި ވަނީ އަންހެން 11 ދަރިވަރުންނާއި ފިރިހެން 17 ދަރިވަރުން ޖުމްލަ 28 ދަރިވަރުންނެވެ. އެސްކޫލުން ވާދަކުރަނީ 13 އަހަރުން ދަށާއި 15 އަހަރުން ދަށާއި 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގައެވެ.

އެފްއެސް އިން ބައިވެރިވެފައިވަނީ އަންހެން 12 ދަރިވަރުންނާއި ފިރިހެން 15 ދަރިވަރުން ޖުމްލަ 26 ދަރިވަރުންނެވެ.އެސްކޫލުން އަންހެން 17 ދަރިވަރުންނާއި ފިރިހެން 16 ދަރިވަރުން 14 އިވެންޓެއްގައި ވާދަކުރެއެވެ. އެސްކޫލުން ވާދަކުރަނީ 11 އަހަރުން ދަށާއި 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގައެވެ.

އެމްޖޭއެމް އިން ބައިވެރިވެފައި ވާ އަދަދު ސާފުވާގޮތެއް ވަނީ ނުވެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !