A wide advertisement which will be shown on all devices. (700 x 100)

ދިރާގު އިންޓަރ ސްކޫލް ސައިންސް ފެއަރ 2017 (ފުވައްމުލައް)

މިމަހު 13-17ށް ޏ.އޭއީސީގައި ކުރިޔަށްދާ ސައިންސް ފެއަރގެ އިސްތިހާރެއް.

“ދިރާގު އިންޓަރ ސްކޫލް ސައިންސް ފެއަރ 2017” ގެ ނަމުގައި ސައިންސް ފެއަރއެއް ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިޔަށް އެބަގެންދެއެވެ. މިފެއަރ އިންތިޒާމު ކުރަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒުންނެވެ. ފުވައްމުލަކުގެ ތައުލީމު ދޭ ތަންތަނުގެ މެދުގައި ބާއްވާ މިމުބާރާތުގައި 7 ފަރާތަކުން ބައިވެރި ވެއެވެ. އިއްޔެ (13ން 17ށް ސެޕްޓެމްބަރު) ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދެވޭ މިފެއަރގައި މިއަދާއި މާދަމާ އޮންނާނީ ފެއަރގެ ޖަޖުން ޕްރޮޖެކްޓްތަކަށް އިންސާފުކުރުމެވެ.

އާއްމުންނަށް ފެއަރ ހުޅުވާލާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. އާއްމުންނަށް މި ފެއަރ ހުޅުވާލާ ގަޑިތަކަކީ ހެނދުނު 9:00 ން މެންދު 12:00 ށް އަދި މެންދުރު ފަހު 2:00 ން 4:00 އަށެވެ. މިފެއަރ ގެ ސްޓޯލް ތައް ޏ.އޭއީސީގެ ހޯލާއި އޭއީސީގެ ކްލާސްރޫމްތަކުގައި ބެހެއްޓިފައިވެއެވެ. ފެއަރ ހުޅުވިފައި ހުންނަ ވަގުތު ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ޏ.އޭއީސީ ގޯތިތެރޭގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ސައިންސް ފެއަރގައި ބައިވެރިވެފައި ވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒު، މުޙައްމަދު ޖަމާލުއްދީން ސްކޫލު، ފުވައްމުލަކު ސްކޫލް، ހާފިޒު އަޙުމަދު ސްކޫލް، އައިޑިއަލް ސްކޫލް، ކެންގަރޫ ކިޑްސް ބިލަބޮން ހައި އިންޓަރނޭޝަލް ސްކޫލް، ލޮޖިކް ކޮމްޕިއުޓަރސް އިންނެވެ.

މިފެއަރއަށް ވަރަށް ފުރިހަމަ ތަރުހީބެއް ހުރިހާ ސްކޫލަކުން ވެސް ލިބިގެން ދިޔަކަމަށެވެ. ފެއަރގެ ބައިވެރިވި ޕްރޮޖެކްޓްތައް ވަނީ 8 ކެޓަގެރީއަކަށް (އޭ – ޖީ) އަށް ބަހާލެވިފައެވެ.

އޭ – ޕްރީ ސްކޫލް

ބީ – ގްރެޑް 1، 2، 3

ސީ – ގްރޭޑް 4، 5

ޑީ – ގްރޭޑް 6، 7

އީ – ގްރޭޑް 8، 9، 10

އެފް – ގްރޭޑް 11، 12

ޖީ – ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބައި.

މި ފެއަރގައި ބައިވެރި ކުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ކެޓެގަރީ އޭ އިން ޑީ އަށް އެންމެ މޮޅު ޕްރޮޖެކްޓެއް ހުށަހެޅި ސްކޫލެއް ހޮވުމާއި ކޮންމެ ކެޓެގަރީ އަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ޕްރޮޖެކްޓް ހޮވައި އިނާމު ދިނުން އޮންނާނެއެވެ. މީގެ އިތުރުން ހުރިހާ ކެޓެގެރީއެއް ހިމަނައިގެން މުޅި ފެއަރގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ޕްރޮޖެކްޓް ހޮވައި އިނާމު ދިނުން ވެސް އޮންނާނެ ކަމަށް ޝީނާޒު މައުލޫމާތު ދެއްވިއެވެ. އަދި އިންޑިވިޑުއަލް ޕްރޮޖެކްޓް ތަކުން ވަނަ ހޯދާ ފަރާތްތަކަށް މެޑެލް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ފެއަރގެ އިނާމުތައް ހުށަހަޅުއްވާފައި ވަނީ ދިރާގާއި، ފުވައްމުލަކު ސިޓީ ކައުންސިލް، ގްލޯނެޓުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !