A wide advertisement which will be shown on all devices. (700 x 100)

ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ހަރަކާތްތަކެއް ފުވައްމުލަކުގައި

ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ހަރަކާތުގެ ފަންޑް ފޮށި ބެހެއްޓިފައިވާ ތަން.

ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހިންގާ “އިންޓަނޭޝަލް އެއިޑް ކެމްޕެއިން” އާއި ގާޑިއަން އެސޯސިއޭޝަން ގުޅިގެން ފުވައްމުލަކުގަިއ ޚާއްސަ ކެމްޕޭނެއް ފައްޓައިފިއެވެ. “ހެލްޕް ރޮހިންޖާ ފުވައްމުލައް”ނަމުގައި ކުރިޔަށް ގެނދިއުމަށް ރާވަމުންދާ މިހަރަކާތުގައި ފުވައްމުލަކުގެ ގިނަ މުއައްސަސާތަކާއި ޖަމާއަތްތަކަކުން އަންނަނީ ބައިވަރިވަމުންނެވެ.

މި ހަރަކާތުގައި ފުވައްމުލަކުގެ އެކި ސަރަހައްދުން ދިހަ ފިހާރައެއްގައި ފަންޑު ފޮށި ބެހައްޓުމަށް ވަނީ ހަމަޖެހިފައެވެ. މިހަރަކާތް އަންނަ އޮކްޓޯބަރު މަހު 5 އާއި ހަމަޔަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 

މިއީ ބައިނަލް އަގުވާމީ ފެންވަރެއްގައި ކުރިޔަށްގެންދެވޭ އެހީވެދިނުުގެ ހަރަކާތުގެ ބައެކެވެ. އެގޮތުން މިހަރަކާތުން އެއްކުރެވޭ ފައިސާ ހަވާލު ކުރުމަށް ހަމަޖެހިފައި ވަނީ އިންސާނިއްޔަތަށް މަސައްކަތް ކުރާ ތުރުކީގެ އިހާހާ މެދުވެރިކޮށެވެ.

ފުވައްމުލަކުގައި މިހަރަކާތް ކުރިއަށް ގެންދިޔުމުގައި އިސްކޮށް ހަރަކާތްތެރިވާ ގާޑިއަން އެސޯސިއޭޝަނުން ވިދާޅުވީ މިހަރަކާތް ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިޔުމަށް ރާއްވަފާފައިވާ ކަމަށާއި އެގޮތުން މިހާރުވެސް ރަށުގެ އަށް އަވަށުގައި ދިހަ ފަންޑު ފޮށި ބަހައްޓާފައިވާކަމަށެވެ.

ފަންޑު ފޮށި ތައް ބަހައްޓާފައިވަނީ އުތުރު ސަރަހައްދުން ދަޑިމަގު އަވަށުގެ ނާބަ، އޮކާޒް، ދިގުވާނޑު އަވަށުގެ މަމީ އަދި ހޯދަޑު އަވަށުގެ ސަންވޭ މާޓްގައެވެ. ރަށުގެ މެދުތެރެއިން މާދަޑު އަވަށުގެ ސިތާނާ ސްޓޯރ އަދި އެސްޓީއޯ ފިހާރައިގެ އިތުރުން މިސްކިތްމަގު ނިރިޝޮޕް އާއި މާލެގަން އަވަށުގެ އާލިޝާންގައިވެސް ފަންޑު ފޮއްޓެއް ބަހައްޓާފައިވެއެވެ. ފުވައްމުލަކު ދެކުނު ސަރަހައްދުގައި ބަހައްޓާފައިވަނީ ފުނާޑު ފަހި ވިއު، ވީނަސް މާޓް އާއި ދޫނޑިގަން ހެޕީ ފުޑް އިންނެވެ.

ފުވައްމުލަކުގައި ކުރިއަށްގެންދާ “ހެލްޕް ރޮހިންޏާ” ކެމްޕެއިންގައި ގިނަ އަދަދެއްގެ ކުލަބް ޖަމްމިއްޔާތަކުންނާއި އެހެނިހެން ބައެއް ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން ބައިވެރިވެފައިވާ ފަރާތްތަކަކީ ސަދަން ސުކައުޓް، ފިސްޑާ، ސިތާނާ ސްޓޯރ، ވަން ފުވައްމުލައް މޫވްމަންޓް، ޖީއެން ވޮލަންޓިއަރސް، ފުވައްމުލަކު ސިޓީ ކައުންސިލް، އެފްޑީއެސްސީ، ފުނާޑު ސްޕޯޓްސް ކުލަބް، ޕެރިސް، މިސްކިތްމަގު އެންމެންގެ ގުޅުން، ދޫނޑިގަލޯނާ، ފުވައްމުލަކު ޔޫތު ސޮސައިޓީ، ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް، ކެންގަރޫ ކިޑްސް އަދި އައިޑިއަލް ސުކޫލް އެވެ. މިކެމްޕެއިންގެ މީޑިއަރ ޕާޓްނަރަކީ މިކަލް އޮންލައިން ނޫހެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !