17 އޮކްޓޫބަރ 2017 (އަންގާރަ)


ފުވައްމުލަކު ކޯޓަށް އިތުރު މެޖިސްޓްރޭޓަރަކު އައްޔަން ކުރައްވައިފި

ފުވައމުލަކު މެޖިސްޓްރޭޓް ކޯޓުގެ ރެސެޕްޝަން. ފޮޓޯ: ސިއްޕޭ

ފުވައމުލަކު މެޖިސްޓްރޭޓް ކޯޓުގެ ރެސެޕްޝަން. ފޮޓޯ: ސިއްޕޭ

ފުވައްމުލަކު ކޯޓަށް އިތުރު މެޖިސްޓްރޭޓަކު މިއަދު އައްޔަން ކުރައްވައިފިއެވެ. މިއަދު ސުޕްރީމް ކޯޓުގައި މިކަމައްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ފުވައްމުލަކުގެ އިތުރުން 6 ރަށަކަށް މެޖިސްޓްރޭޓުން އައްޔަން ކުރައްވާފައި ވެއެވެ.

މި 7 ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު މިއަދު ހަވާލުކޮށް ދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާ ލާދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރެވެ

ފުވައްމުލަކު މެޖިސްރޭޓް ކޯޓަށް އައްޔަން ކުރައްވާފައިވަނީ މެޖިސްޓްރޭޓް އަލްއުސްތާޛާ ޚަދީޖާ ލީނާ، ފުނާޑު ކޯޒީ އެވެ. ލީނާގެ އިތުރުން ފުވައްމުލަކު ކޯޓުގައި އިތުރު ދެ ފަނޑިޔާރަކު މަސައްކަތް ކުރައްވައެވެ. އެއީ މެޖިސްޓްރޭޓް އަކުރަމު މިސްކިތްމަގު ބަހާރީ އާއި އިސްމެޖިސްޓްރޭޓް ހުސައްިން ރަޝީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖުޑިޝަލް ސާރވިސް ކޮމިޝަނަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާފައުވާ މެންބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސް މުހައްމަދު ފައިސަލް މިއަދު ވިދާޅުވީ ފަނޑިޔާރަކަށް ވުމަކީ އާންމުންގެ ތައުރީފް ލިބޭނެ ކަމެއް ނޫން ކަމަށާއި ފަނޑިޔާރުކަމާ ހަވާލުވާއިރު އެކަން ދަންނަންޖެހޭ ކަމަށްވެ.

އޭނާގެ ވާހަކާގައި ވިދާޅުވީ މިއީ ރާއްޖޭގެ ހަޔާތުގައި ޝަރުއީ ދާއިރާއާއި ދިފާޢި ބާރުތަކުގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރާ ދުވަސްވަރެއް ކަމަށެވެ. އެއާއެކު އޭނާ ގަބޫލުކުރައްވަނީ، މއިަދު އައްޔަން ކުރެވުނު މެޖިސްޓްރޭޓުން މަގާމަށް ވަޑައިގަތީ ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެވަޑައިގެން ބުރަކޮށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!