18 ޑިސެމްބަރ 2017 (ހޯމަ)


ނޫން ނޫން ހޮޅި ވާހަކަ. އަދުލުވެރި ފަނޑިޔާރުންނަށް ރައްޔިތުންގެ ލޯތްބާއި ތައުރީފު ލިބޭނެ- މަލީހު

ޖޭއެސްީގެ ނާއިބު ރައީސް ފައިސަލް އަި މަލީޙު.

ޖޭއެސްީގެ ނާއިބު ރައީސް ފައިސަލް އަި މަލީޙު.

ފަނޑިޔާރުންނަށް ތައުރީފެއް ނުލިބޭނެ ކަމާއި، ފަނޑިޔާރުންނަށް ލިބޭނީ ޖެއްސުމާއި ފުރައްސާރަ ކަމަށް ޖޭއެސްސީގެ ނާއިބު ރައީސް ފައިސަލް މިއަދު ވިދާޅުވި ވިދާޅުވުމަށް ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީޙު ޖަމާލު ރައްދު ދެއްވަމުން ވިދާޅުވީ "ނޫން ނޫން. ހޮޅިވާހަކަ. އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ހުކުމް ކުރާ ފަނޑިޔާރުންނަށް ރައްޔިތުންގެ ލޯތްބާއި ތައުރީފު ލިބޭނެ" ކަމަށެވެ.

މަލީޙު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޖޭއެސްސީގެ ނާއިބު ރައީސުގެ މިފަދަ ބަސްތަކަށް ރައްދުދީ ބައެއް އެހެން ފަރާތްކުން އިތުރު ސުވާލުތައް ވެސް އަންނަނީ އުފައްދަމުންނެވެ. އެގޮތުން ބައެއް މީހުން އުފައްދާ ސުވާލުތަކުގެ ތެރޭގައި "ފަނޑިޔާރުން މަގާމާއި ހަވާލުވަނީ ވަކިބަޔަކުގެ ރުހުން ހޯދަންތޯ ނުވަތަ ގާނޫނުގައިވާ ގޮތަށް ހުކުމް ކުރަން ތޯ ސުވާލު ކުރެއެވެ.

އަދުލު އިންސާފު ގާއިމުކުރުމުގައި، މައްސަލައެއްގައި ހިމެނޭ ދެ ޚަސްމުން ކުރެ އެކެއްގެ ވެސް ރުހުން ހޯދާކަށް ފަނޑިޔާރުންނަކަށް ނުޖެހޭ ކަމަށާއި ފަނޑިޔާރުންގެ ދައުރަކީ ކަނޑައެޅިފައިވާ ގާނޫނާއި އެއްގޮތަށް ވަކި ފަރާތަކަށް ބެލުމެއް ނެތި، ޖެހިލުން ވުމެއް ނެތި މައްސަލަ ބަލައި ހުކުމް އިއްވުން ކަމަށްވާ ހިނދު އެފަދަ ޖަލްސާއެއްގައި ބައެއް ގެ ރުހުން ނުލިބޭނެ ވާހަކަދައްކަން ޖެހޭތޯ ވެސް އެކިމީހުން ސުވާލުތައް އުފައްދައެވެ. 

"މިއަދު މިފެންނަނީ ބިނާ ކުރަނިވި ފާޑު ކިޔުމުގެ ބަދަލުގައި ތަން ހަލާކު ކުރުމަށްޓަކައި، ނިޒާމު ފުނޑާލުމަށްޓަކައި ފަނާ ކުރަނިވި އާޑަ ކިޔަމުންދާ މަންޒަރު." މިފަދަ ވަހަކަ ތަކުން ރައްޔިތުންނަށް ދޭހަވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ދެމެދު އޮންނަ ވާދަވެރިކަން އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް ވެސް ވަދެފައިވާ މިންވަރު ނޫންތޯ ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ. މީގެ ސަބަބުން އަދުލު އިންސާފުގެ ނިޒާމަށް އާމުންގެ ތާއިދު އިތުރުވާނެ ތޯ ރައީސް ޖޭއެއްސީ އަށް އައްޔަން ކުރައްވާފައިވާ ފަރާތާއި އާއްމުން ދަނީ ސުވާލު ކުރަމުންނެވެ.  

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!