16 ޖުލައި 2018 (ހޯމަ)


"ހެލްޕް ރޮހިންޔާ" ކެމްޕެއިންގައި ގިނަ ރެސްޓޯރަންޓްތަކުން ބައިވެރިވެ، ފަންޑް އޮޑިޓްކުރުން ކްރޯ ހޯތަން އަށް

"ހެލްޕް ރޮހިންޔާ" ފަންޑް ފޮއްޓެއް. ފޮޓޯ: ގާޑިއަންސް އެސޯސިއޭޝަން

މިޔަންމާގައި ދިރިއުޅެމުންދިޔަ ރޮހިންޏާ ދަރިކޮޅުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުޅި ރާއްޖޭގައި ފައްޓާފައިވާ "ހެލްޕް ރޮހިންޔާ" ފަންޑަށް އެހީހޯދުމަށް ފުވައްމުލަކުގައި ހިންގާ ހަރަކާތްތަކުގައި ގިނަ ރެސްޓޯރަންޓްތަކުން ބައިވެރިވެއްޖެއެވެ. އަދި ފަންޑް ކުރިއަށް ގެންދާގޮތް އޮޑިޓްކުރުމަށް އޮޑިޓަރެއްގައި ގޮތުގައި ބައިނަލް އަގުވާމީ އޮޑިޓް ފާމެއް ކަމަށްވާ ކްރޯ ހޯތަން އިން ބައިވެރިވެއްޖެއެވެ.

ފުވައްމުލަކުގައި މިހަރަކާތް ކުރިއަށް ގެންދިޔުމުގައި އިސްކޮށް ހަރަކާތްތެރިވާ ގާޑިއަން އެސޯސިއޭޝަނުން ވިދާޅުވީ މިހަރަކާތް ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި މިހާރު ފުވައްމުލަކުގައި ހިންގާ ގިނަ ކެފޭ ރެސްޓޯރަންޓްތަކުން ބައިވެރިވެ، އެ ތަންތަނުގެ ޑެއިލީ ސޭލްސްގެ ފަހަކާއި ދިހަ ޕަސަންޓްއާއި ދޭތެރޭ އަދަދެއް ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. ރާއްވަފާފައިވާ ކަމަށާއި އެގޮތުން މިހާރުވެސް ރަށުގެ އަށް އަވަށުގައި އަށް ފަންޑު ފޮށި ބަހައްޓާފައިވާކަމަށެވެ.

ފަންޑު ފޮށި ތައް ބަހައްޓާފައިވަނީ އުތުރު ސަރަހައްދުން ދަޑިމަގު އަވަށުގެ ނާބަ، އޮކާޒް، ދިގުވާނޑު އަވަށުގެ މަމީ އަދި ހޯދަޑު އަވަށުގެ ސަންވޭ މާޓްގައެވެ. ރަށުގެ މެދުތެރެއިން މާދަޑު އަވަށުގެ ސިތާނާ ސްޓޯރ އަދި އެސްޓީއޯ ފިހާރައިގެ އިތުރުން މިސްކިތްމަގު ނިރިޝޮޕް އާއި މާލެގަން އަވަށުގެ އާލިޝާންގައިވެސް ފަންޑު ފޮއްޓެއް ބަހައްޓާފައިވެއެވެ. ފުވައްމުލަކު ދެކުނު ސަރަހައްދުގައި ބަހައްޓާފައިވަނީ ފުނާޑު ފަހި ވިއު، ވީނަސް މާޓް އާއި ދޫނޑިގަން ހެޕީ ފުޑް އިންނެވެ.

ފުވައްމުލަކުގައި ކުރިއަށްގެންދާ "ހެލްޕް ރޮހިންޔާ" ކެމްޕެއިންގައި ގިނަ އަދަދެއްގެ ކުލަބް ޖަމްމިއްޔާތަކުންނާއި އެހެނިހެން ބައެއް ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އަދި މިހަރަކާތް ކުރިއަށްގެންދާނީ އޮކްޓޯބަރ5ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!