17 އޮކްޓޫބަރ 2017 (އަންގާރަ)


ފުވައްމުލަކު މިސްކިތްތަކުގެ އިމާމުންގެ އެއް ދުވަހުގެ މުސާރަ ރޮހިންޔާ ފަންޑަށް

ފުވައްމުލަކުގައި

ފުވައްމުލަކުގައި "ހެލްޕް ރޮހިންޔާ" ހަރަކާތުގެ ފަންޑު ފޮށިތައް ބެހެއްޓިފައިވާ ތަންތަން

މިޔަންމާގައި ދިރިއުޅެމުންދިޔަ ރޮހިންޏާ ދަރިކޮޅުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުޅި ރާއްޖޭގައި ފައްޓާފައިވާ "ހެލްޕް ރޮހިންޔާ" ފަންޑަށް ފުވައްމުލަކުގެ މިސްކިތްތަކުގެ އިމާމުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާ ކުރުމަށް އިމާމުން ނިންމައިފިއެވެ.

ފުވައްމުލަކުގައި "ހެލްޕް ރޮހިންޔާ" ނަމުގައި ހިންގާ ހަރަކާތަށް އިމާމުން އެއް ދުވަހުގެ މުސާރަ ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ފުވައްމުލަކުގައި މިހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ގާޑިއަންސް އެސޯސިއޭޝަނުން ބުންޏެވެ. އެ އެސޯސިއޭޝަނުން ބުނިގޮތުގައި މިސްކިތްތަކުގެ އިމާމުންގެ އިތުރުން އެހެން ފަރާތްތަކުންވެސް އެއްދުވަހުގެ މުސާރަ އެފަންޑަށް ހަދިޔާ ކުރަމުން ގެންދާކަމަށެވެ.

"ހެލްޕް ރޮހިންޔާ" ނަމުގައި ފުވައމްުލަކުަގއި ހިންގާ ހަރަކާތް ކުރިއަށްގެންދަނީ 5 އޮކްޓޯބަރގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!