17 އޮކްޓޫބަރ 2017 (އަންގާރަ)


ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޑރ. ފަޟީލް ނަޖީބް

ފަޒީލް ނަޖީބު: ފުވައްމުލަކަށް ނިސްބަތްވާ އިލްމީ ބޭފުޅެއް. ފޮޓޯ: ވީނިއުސް

ފަޒީލް ނަޖީބު: ފުވައްމުލަކަށް ނިސްބަތްވާ އިލްމީ ބޭފުޅެއް. ފޮޓޯ: ވީނިއުސް

މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މާފަންނު ފަށަލަ ޑޮކްޓަރ ފަޟީލް ނަޖީބް ޢައްޔަނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް އައްޔަން ކުރެއްވި ޑރ. ފަޟީލް ނަޖީބް މަސައްކަތް ކުރައްވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އޮފީހުން ވިދާޅުވިއެވެ.

ޑޮކްޓަރ ފަޟީލް ނަޖީބް ވަނީ މީގެ ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރގެ މަގާމު ވެސް ފަސް އަހަރު ވަންދެން އަދާ ކުރައްވާފައިވެއެވެ.

"ޑރ. ފަޟީލް ނަޖީބަކީ 1987 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ޓްރޭޑް މިނިސްޓްރީގައި އެކި ފެންވަރުގެ މަޤާމުތައް ފުރުއްވައި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާފައިވާ ތަޖުރިބާކާރު ބޭފުޅެއް، ޚާއްޞަކޮށް، ބޭރުގެ ވިޔަފާރިވެރިންގެ ކަންކަން ބެލެހެއްޓެވުމުގައި، ޓްރޭޑް މިނިސްޓްރީގެ އިންވެސްޓްމަންޓާއި، އިންޓަނޭޝަނަލް ކޯޕަރޭޝަން ބައިގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން، އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ، އިންވެސްޓްމަންޓްސްގެ މަޤާމާއި، ޑެޕިޔުޓީ ޑިރެކްޓަރ، އިންޓަނޭޝަނަލް ކޯޕަރޭޝަންގެ މަޤާމާއި، ޑިރެކްޓަރ، އިންޓަނޭޝަނަލް ކޯޕަރޭޝަންގެ މަޤާމުވެސް އޭނާ ފުރުއްވާފައިވޭ" ރައީސް އޮފީހުން ވިދާޅުވިއެވެ.

ޑރ. ފަޟީލް ނަޖީބަކީ އިނގިރޭސިވިލާތުން އިންޓަރނޭޝަނަލް ބިޒްނަސް ލޯ އިން މާސްޓަރސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. ފަޟީލް ނަޖީބަކީ ރައްޔިތުން މަޖުލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. ޑރ. ފަޟީލް ނަޖީބް އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ ޔޫއޭއީގެ ބޭންކެއްގެ އިސްމަގާމެއްގައެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!