A wide advertisement which will be shown on all devices. (700 x 100)

ބުޗާ ކަޕްގެ ދެވަނަ މެޗް ހޯދަޑު ޕީއާރުއެސް ޓީމަށް

ބުޗާކަޕް 2017 ގެ 2 ވަނަ މެޗުގައި މިސްކިތްމަގު ޓީމުގެ މައްޗަށް ހޯދަޑު، ޕީއާރްއެސް ކާމިޔާބު ހޯދީ 2-1 ން.

ފުވައްމުލަކު ސިޓީގައި ކުރިއަށްދާ ބުޗާކަޕްގެ ދެވަނަ މެޗް ޕީސް އެންޑް ރެކްރިއޭޝަން ސޮސައިޓީ (ހޯދަޑު) އިން މިސްކިތްމަގު އެންމެންގެ ގުޅުމުގެ މައްޗަށް ކުރިހޯދައިފިއެވެ.

ފުވައްމުލަކު ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ބުޗާ ކަޕްގެ ދެވަނަ މެޗް ހޯދަޑު ކާމިޔާބުކުރި ގޯލުން 1-2 ގެ ނަތީޖާއިންނެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ހޯދަޑު ލީޑް ނަގައިގެންނެވެ. ނަމަވެސް ދެވަނަ ހާފް ފެށުނުތަނާހެން މިސްކިތްމަގު ޓީމްގެ ހުސައިން ޝަރީފް (ހުސީ) ގޯލެއް ކާމިޔާބުކޮށް ދެ ޓީމް އެއްވަރުކުރިއެވެ. ނަމަވެސް ހޯދަޑު އަށް ލިބުނު ޕެނަލްޓީއަކުން މެޗްގެ ލީޑް އަނެއްކާވެސް ހޯދަޑު ނަގިއެވެ. ޕެނަލްޓީ ކާމިޔާބުކުރީ ވެލެންސިއާގެ ކުޅުންތެރިއެއްކަމަށްވާ ނާޝިދު (ނާއްޓޭ) އެވެ. އިއްޔެގެ މެޗްގެ މޮޅު ކުޅުންތެރިޔަކީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ހުސައިން ޝަރީފް (ހުސީ) އެވެ.

މިއަދު ހަވީރު ބައްދަލުކުރާނީ ވެށި ނަލަ ޖަމްމިއްޔާ އާއި ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާއެވެ. މިއީވެސް ގުރޫޕް 2ގެ މެޗެކެވެ. 

މިމުބާރާތަކީ ފުވައްމުލަކުގައި ފުޓްބޯޅައިގެ ފޯރި ކުޑަވެފައިވާތީވެ، އަހްމަދު ޝާފިއު (ބުޗާ) އިސްނަގައިގެން ބާއްވާ މުބާރާތެކެވެ. މިމުބާރާތުގެ ޗެމްޕިއަންޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ފައިނަލް އޮންނާނީ އަންނަމަހު 8 ވަނަ ދުވަހުއެވެ.

އަންނަ އަހަރު މިމުބާރާތުގެ އަގު އެއް މިލިއަން ރުފިޔާއަށް ބޮޑު ކޮށްފައިވާކަމަށް މުބާރާތް ފެއްޓުމުގެ ރަސްމިއްޔާތުގައި އިންތިޒާމްކުރާ ފަރާތުން އިއުލާންކޮށްފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !