17 ޑިސެމްބަރ 2017 (އާދީއްތަ)


"ނެސްލޭ މައިލޯ ކަލަރސް އެވޯޑް" ފުވައްމުލަކު ހަތް ދަރިވަރަކަށް

"ނެސްލޭ މައިލޯ ކަލަރސް އެވޯޑް 2016" ފުވައްމުލަކު ހަތް ދަރިވަރަކަށް ލިބުނު.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދޭ "ނެސްލޭ މައިލޯ ކަލަރސް އެވޯޑް" ފުވައްމުލަކަށް ނިސްބަތްވާ ހަތް ދަރިވަރަކަށް ލިބިއްޖެއެވެ.

މާލޭގައި ބޭއްވި އެވޯޑް ދިނުމުގެ ހަފްލާގައި "ނެސްލޭ މައިލޯ ކަލަރސް އެވޯޑް" ލިބިފައިވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަސްދަރިވަކާއި މުހައްމަދު ޖަމާލުއްދީން ސްކޫލްގެ ދެ ދަރިވަރަކަށެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ ތެރެއިން އެތުލެޓިކްސް ދާއިރާއިން އެވޯޑް ލިބިފައިވަނީ މުހައްމަދު ޝަޒީން، ޝަހީރު މޫސާގެ އިތުރުން ފާތުމަތު މާހާ ނަސީރު އަށެވެ. އަދި ކުރިކެޓް ކުޅުންތެރިއެއްގެ ގޮތުގައި އިބްރާހިމް ޝައުފު ހަސަން އާއި ހަނޫނު ހުސައިން ދީދީއަށް ވެސް އެވޯޑް ލިބިފައިވެއެވެ.

މުހައްމަދު ޖަމާލުއްދީން ސްކޫލުން އެވޯޑް ލިބިފައިވަނީ އައިސަން މުހައްމަދު އާއި ޝިނާޒް މުހައްމަދު އަށެވެ.

މިދިޔަ އަހަރު ބޭއްވި ކަލަރސް އެވޯޑްގައިވެސް ފުވައްމުލަކު ދަރިވަރުންތަކަކަށް އެވޯޑް ލިބިފައިވެއެވެ. ކަލަރސް އެވޯޑަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ފަރާތުން ކުޅިވަރުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާ ދަރިވަރުންނަށްދޭ އެވޯޑެކެވެ.

ކަލަރސް އެވޯޑުގައި މިއަހަރު އެވޯޑްތައް އެންމެ ގިނައިން ލިބިފައި ވަނީ ގދ. ތިނަދޫ އޭއީސީއަށެވެ. އެސްކޫލަށް 11 އެވޯޑް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!