A wide advertisement which will be shown on all devices. (700 x 100)

ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާއިން 16 ނަންބަރ ޖާރޒީ ބޭނުންކުރުން ހުއްޓާލަނީ

ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާގެ ފަރާތުން ވަހީދުގެ އާއިލާ އާއި ހަވާލުކުރި ޖާރޒީ (މަތީގައި). ވަހީދު ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާއަށް ކުޅުނު ދުވަސްވަރު (ތިރީގައި) ފޮޓޯ: ފާއިދު އަހްމަދު ރަފީގް

ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އިން ބައިވެރިވާ ކުޅިވަރު ހަރަކާތްތަކުގައި ބޭނުންކުރާ ޖާރޒީގެ 16 ވަނަ ނަންބަރު ބޭނުން ކުރުން ހުއްޓާލައިފިއެވެ.

އިއްޔެ ހަވީރު ބުޗާ ކަޕް ގައި ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އިން ކުޅުނު ފުރަތަމަ މެޗަށްފަހު އެޖަމްމިއްޔާއިން އިއުލާންކޮށްފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެޖަމްމިއްޔާގެ ޓީމްތަކުގައި 16 ނަންބަރު ޖާރޒީ ބޭނުން ކުރުން ހުއްޓާލައިފައިވާކަމަށެވެ.

ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާގެ އިސްއޮފިޝަލަކު ވިދާޅުވީ އެޖަމްމިއްޔާ އިން ކަނޑައަޅާފައިވަނީ އެޖަމްމިއްޔާގެ ބާނީ އަދި އެޓީމްގެ ކުރީގެ ކެޕްޓަންކަންވެސް ކޮށްފައިވާ ކުރީގެ ކުޅުންތެރިއެއްކަމަށްވާ ދާދި ފަހުން ނިޔާވި، ފުވައްމުލަކު ދަޑިމަގު ޑޭޒީމާގެ ވަހީދު އިބްރާޙިމް ބޭނުންކުރި ނަންބަރުކަމަށްވާތީވެ، ވަހީދު އަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.

“ވަހީދު އަކީ ދަޑިމަގު ފުޓްބޯޅައަށް ގިނަ ގުނަ ޙިދުމަތްތަކެއް ކުރެއްވި ބޭފުޅެއް، އެގޮތުން އެޖަމްމިއްޔާއަށް ކުޅުންތެރިއެއްގެ ގޮތުގަ އާއި ކެޕްޓަނެއްގެ އިތުރުން މެނޭޖްމަންޓް ލެވެލްގައިވެސް މަސައްކަތް ކުރެއްވި، އަދި ހަމައެއާއި އެކު ވަހީދު ފާހަނގަކުރެވިފައިވަނީ އިޖްތިމާއީގޮތުން ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައި” ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާގެ އިސްބޭފުޅަކު ވިދާޅުވިއެވެ.

ވަހީދު ނިޔާވުމުގެ ހިތާމައިގައި އިއްޔެ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާއިން ކުޅުނު މެޗްގައި އެޓީމްވަނީ ކަޅު ބޭންޑް ބޭނުންކޮށްފައެވެ. އަދި މެޗް ފެއްޓުމުގެ ގޮތުން ހަމަހިމޭންކަމުގެ ސުކޫތެއްވެސް ގެނެސްފައިވެއެވެ. އަދި މެޗަށްފަހު ވަހީދުގެ އާއިލާއަށް ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާގެ ފަރާތުން އެޓީމްގެ 16ވަނަ ނަންބަރުގެ ޖާރޒީ ހަދިޔާކޮށްފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !