19 ނޮވެމްބަރ 2018 ( ހޯމަ )

banner

ޏ.އަތޮޅު ހޮސްޕިޓަލުގައި ޕިޒިއޮތެރަޕީ ޑިޕާޓްމެޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޏ. އަތޮޅު ހޮސްޕިޓަލް

ފުވައްމުލަކު ހޮސްޕިޓަލުގައި ފިޒިއޮތެރަޕީ ޔުނިޓެއްގެ ޚިދުމަތް ދޭން ފަށައިފި

ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައި ފިޒިއޮތެރަޕީ ޔުނިޓެއް މިއަދު ހުޅުވައިފިއެވެ. މިއަދު ބޭއްވި ޚާއްސަ ރަސްމިައްޔާތެއްގައި މިޔުނިޓް ހުޅުވައިދެއްވީ ހާފިޒް އަހްމަދު ސުކޫލްގެ ޕްރިންސިޕަލް މުހައްމަދު ފަޔާޒުއެވެ. މިރަސްމިއްޔާތުގައި ފުވައްމުލަކުގެ އެކި އިދާރާތުގެ އިސްބައެއް ބޭފުޅުން ބައިވެރިވިއެވެ.

މިއަދު ހުޅުވުނު ޕިޒިއޮތެރަޕީ ޔުނިޓުން ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި ޓްރެކްޝަން އާއި ކަރާއި ބުރަކަށީގެ މައްސަލަތަކަށް ފިޒިއޮތެރެޕީގެ ގޮތުން ފަރުވާ ދިނުމާއި އަލްޓްރާ ސައުންޑް މެދުވެރިކޮށް މަސްގަނޑާއި ކައްޓަށް ފަރުވާދިނުމާއި، ސިމިއުލޭޓަރ ފަރުވާގެ ގޮތުގައި އައްސިވުމާއި ނާރުގެ މައްސަލަތަކަށް ދޭވެ ޚާއްސަ ފަރުވާއާއި އިންފްރާ-ރެޑް ލައިޓް މެދުވެރިކޮށް މަސްގަނޑަށް ދެވޭ ފަރުވާ ހިމެނެއެވެ.

މިޔުނިޓް ގާއިމްކޮށްފައިވަނީ ރަސްމީ ބޯޅަ ދަނޑުކައިރީގައި ހުންނަ ކުރީގެ ހޮސްޕިޓަލުގެ އިމާރާތުގައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު