A wide advertisement which will be shown on all devices. (700 x 100)

ކަލްޗަރަލް މަޒުމޫނު ލިޔެގެން ޗައިނާގެ ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޗައިނާ-މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަންގެ ފަރާތުން ކުރިއަށްގެންދާ ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ފުވައްމުލަކުގެ ދަރިވަރުންނަށް ހުޅުވާލައިފިއެވެ. މިޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުން ހޮވަނީ ކަލްޗަރަލް މަޒުމޫނު ލިޔުމުގެ މުބާރާތެއް ބޭއްވުމަށް ފަހު އެންމެމޮޅު ހަތަރު މަޒުމޫނެއް ހުށަހެޅި ދަރިވަރުންނަށެވެ.

މިމުބާރާތުގައި ހުށަހަޅާ މަޒުމޫނުތައް ވަޒަންކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނުންކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ. މިމުބާރާތުގައި ބައިވެރިވާ ހުރިހާ ދަރިވަރުންވެސް މަޒުމޫނު ލިއަން ޖެހެނީ  ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުރުދުމާ މާލަމުގައި އެއްވަގުތެއްގައެވެ. 

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ދަރިވަރުން އަންނަ ނޮވެމްބަރު މަހު 9 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ސިޓީއަކުން ފުވައްމުލަކު ސިޓީ ކައުންސިލަށް ހުށަހެޅުމަށް އެކައުންސިލުން އެދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !