17 ޑިސެމްބަރ 2017 (އާދީއްތަ)


ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑަށް އިހުމާލުވެފައިވާ ރަށަކީ ފުވައްމުލައް: ޝާހު

ސާއިމް މޫސާ
 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑަށް އިހުމާލުވެފައިވާ ރަށަކީ ފުވައްމުލައް ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ އަލީ ޝާހު ވިދާޅުވެއްޖެއެވެ. ޝާހު މިހެން ވިދާޅުވީ 2018 ވަނަ އަހަރަށް ދައުލަތުން ލަފާކުރައްވާ ބަޖެޓާއި ގުޅޭގޮތުން، އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭއްވި ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހު ވިދާޅުވިގޮތުގައި 2013ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރައީސް ޔާމީންއަށް އެންމެ ބޮޑު ލޯއްބެއް ދިނީ، ފުވައްމުލަކުގެ ރައްޔިތުން ކަމަށާއި، އެހެންނަމަވެސް އެމަނިކުފާނުވަނީ ފުވައްމުލައް ސިޓީ އަށް އިހުމާލު ވެފައި ކަމަށެވެ. ޝާހު މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބާއްވާ ބަޖެޓާއި ގުޅޭ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.  ހެކިތަކާއި އެކުގައި ފުވައްމުލަކު ބަހުން ޝާހުވިދާޅުވެފައިވަނީ 

ރަށްގިރުމާއި ފުވައްމުލަކު މަގުތަކުގެ ހާލަތު

"ފުވައްމުލަކު ރައްޔިތުންނަ އިގޭނީ އެރަށުގެ މަގުތަކުގެ ހާލަތު، ރާއްޖޭގެ އެއްވެސް ރަށެއްގައި ވަޅުތައް ނެތް މިންވަރަށް، ޗަކަ ނުވާ ވަރަށް، ފުވައްމުލަކު މަގުތަށް ވަނީ ޗަކަވެފައި، އަވިގަދަ ދުވަހެއްގައި ދަތުރު ކުރާކަމުގައި ވަނީނަމަ ލޮލަށް އެޅޭ ހިރަފުސް އިގޭނީ، ރައީސް ޔާމީންވެސް ކާރުން ފައިބައިގެން ސައިކަލެއްގައި ނުވަތަ ފައިމަގުގައި، ރައްޔިތުން ދަތުރު ކުރާ ގޮތަށް ދަތުރު ކުރީމައި" ޝާހު ވިދާޅުވިއެވެ.

އިތުރަށް ޝާޙު ވިދާޅުވީގޮތުގައި ފުވައްމުލަކު މަގު ހެދުމަށްޓަކައި 33 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ދައުލަތެން އެމްއާރުޑީސީއާ ހަވާލްކޮށްފައިވާ ކަމަށެވެ، އެހެން ނަަމަވެސް މަގުގެ މަސައްކަތް ކުރިޔައްދާ މިންވަރު ފުވައްމުލަކު ރައްޔިތުންނަށް އިގޭނެ ކަމަށެވެ

ފުވައްމުލަކު ދިރިއޮތުމާއި ދެމިއޮތުން ބިނާވެގެންވާ، ފުވައްމުލައް ހިމާޔާތް ކުރުމުގެ މައްޗައް ކަމަށާއި، ރަށްގިރެމުން ދަނީ އިންތިހާއަށް ކަންބޮޑުވާ ދަރަޖައަކަށް ކަން ފުވައްމުލަކު ރައްޔިތުންނާއި އެންމެހާއި ދިވެހި ރައްޔިތުންނަށް އެގޭކަމަށް ޝާހު ވިދާޅުވިއެވެ

އެހެންނަމަވެސް، 2018 ވަނައަހަރަށް ދައުލަތުން ލަފާ ކުރައްވާ ބަޖެޓްގައި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން އޮތީ 2019 ވަނަ އަހަރުގެ ވާހަކަ ކަމަށާއި، އެއީވެސް ބޭރުގެ ލޯނަކަށް ލަފާކޮށް ޖަހާފައިވާ އަދަދެއް ކަމަށެވެ.

ސިއްޙީ ދާއިރާ

ފުވައްމުލަކު ހޮސްޕިޓަލަށް، ކުރީ އަހަރުތަކުގައި ބަޖެޓްގައި، ހިމަނާފައިވާ ބޮޑެތި އަދަދުތަށް ގެއްލިފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ. ދިވެހި ރާއްޖޭގެ އެންމެ ކުދި އާބަދީ ތަކުގެ ތެރޭގައި ހިމެނޭ ދ.އަތޮޅު ހޮސްޕިޓަލަށް ކުރާ ހަރަދަށް ވުރެ ކުޑަ ހަރަދެއް ފުވައްމުލަކު ހޮސްޕިޓަލަށް ކުރާކަމަށް ޝާހު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާ

ދިވެހިރާއްޖޭގެ އެންމެ ކުދި އާބާދީތަކުގެ ތެރޭގައި ހިމެނޭ ދ.އަތޮޅު ތައުލީމީ މަރުކަޒު ހިންގުމަށް ދޭ ހަރަދަށް ވުރެ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒު ހިންގުމަށް ދޭ ހަރަދު ކުޑަ ކަމަށް ޝާހު ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ބަޖެޓަގައި ހިމަނާފައިވާ އެމްޖޭއެސްގެ މަލްޓި ޕާޕޯސް ހޯލުގެ ވާހަކަ މިފަހަރުގެ ބަޖެޓްގައި ހިމަނާފައި ނުވާތީ ޝާހު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. "ރައިސްލްޖޫމްހޫރިއްޔާ އަށް 20 އަށް ވުރެ ގިނަ ފަހަރު ސްކޫލެއްގެ (އެމްޖޭއެސް ) ހޯލެއްގެ މައްސަލާގައި ވާހަކަ ދެއްކިން " ޝާހުވިދާޅުވިއެވެ.

ޒުވާނުންނާއި ކުޅިވަރު

ކުޅިވަރުގެ ދާއިރާއިން ބަޖެޓްގައި ހިމަނާފައިވާ ކަންތަކާއި ގުޅޭގޮތުން ޝާޙު ވިދާޅުވީ ފުވައްމުލަކު ސްޕޯޓްސް އެރީނާ ގާއިމްކުރުމަށްޓަކައި 1.2 މިލިއަން ރުފިޔާ މިއަންނަ އަހަރަށް ލަފާ ކުރައްވާ ދައުލަތުގެ ބަޖެޓްގައި ވަނީ ހިމަނާފައި ކަމަށެވެ. އަދި ފުވައްމުލަކުގައި 3 ސްޕޯޓްސް އެރިނާއެއް ގާއިމްކުރުމުގެ މައްސައްކަތް ކުރީގެ މިނިސްޓަރ މަލީހް ކުރައްވަމުން ގެންދަވަނިކޮށް، އެމަނިކުފާނު މަގާމުގުން ވަކި ކުރި ހިސާބުން އެ މަސައްކަތް ހުއްޓިފައިވާކަމަށެވެ. އަދި 2 މިލިއަން ރުފިޔާއަށް 1 އަހަރުގެ ތެރޭގައި 3 ސްޕޯޓްސް އެރިނާ އެޅިދާނެތޯ؟ އާއި މެދު ޝާހުވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން ޒުވާނުންނަކީ ދުޅަހެޔޮ ބަޔަކަށްވެ، ޒުވާނުންގެ ހަކަތަ އިތުރު ވެދާނެތީ މި ސަރުކާރުން ޖެހިލުންވާކަމަށާއި ޒުވާނުންނަށް އެއްވެސް ވަޒީފާގެ ފުރުސަތެއް ފުވައްމުލަކުގައި ލިބެންނެތް ކަމަށް ޝާހު ވިދާޅުވިއެވެ. އަދި ފުވައްމުލަކު ސްޓޭޑިއަމް ތަރައްގީކުރުމަށް ނުވަ ލައްކަ ރުފިޔާ ބަޖެޓްގައި ހިމަނާފައިވުމުން އެއީ ޖޯކެއް ކަމަށާއި އެމަސައްކަތް ނުވަ ލައްކަ ރުފިޔާއަށް ނުކުރެވޭނެކަމަށްވެސް ޝާހް ވިދާޅުވިއެވެ.

އެހެންކަމުން އިތުރަށް ރައީސް ޔާމީންއަށް ފުވައްމުލަކު ރައްޔިތުން ތާއީދު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ފުވައްމުލަކަށް ރައީސް ޔާމީން ފުވައްމުލަކަށް ކޮށްދެއްވި ކަމެއްވެސް ނެތްކަމަށް ޝާހު ވިދާޅުވިއެެވެ. އަދި ސަރުކާރުން، ފުވައްމުލަކު ރައްޔިތުން ވަޒަން ކުރަނީ 200 އަށް ވުރެ ކުޑަ އާބާދީއަކަށް ވުރެވެސް ނިކަމެތިކޮށް ކަމަށްވެސް ޝާހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!