ފުލުހުންގެ 4 ވަަނަ ފިޒިކަލް ޓްރެއިނިންގް އިންސްޓްރަކްޓަރ ކޯސް ފުވައްމުލަކުގައި ފެށިގެން ކުރިއަށް އެބަދެއެވެ.
އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އިން ހިންގާ މި ކޯސް ޖެނުއަރީ 17 އިން ފެށިގެން 7 ހަފްތާގެ މުއްދަތަށް ކުރިޔަށް ދާނެ އެވެ. މި ކޯހުގައި ޖުމަލަ 25 ފުލަހަކު ވަނީ ބައިވެރި ވެފައެވެ.
މި ކޯސް ފެށުމުގެ ގޮތުން ފުވައްމުލަކު ޕޮލިސް ސްޓޭޝަން ގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ފުވައްމުލަކު ހާފިޒް އަޙްމަދު ސްކޫލުގެ ޕްރިންސިޕަލް އާރިފާ ޢަބްދުލް މަޖީދުއެވެ.
ފުވައްމުލަކުގައި މިފަދަ ކޯހެއް ކުރިޔަށް ގެންދާކަމަށްޓަކައި އުފާކުރާކަމަށް،މިރަސްމިއްޔާތުގައި ހާފިޒު އަޙްމަދު ސްކޫލުގެ ޕްރިންސިޕަލް އާރިފާ ޢަބްދުލް މަޖީދު ވިދާޅުވިއެވެ. އަދި ފުލުހުންނަކީ ފިޓްބަޔަކަށް ވާންޖެހޭއިރު މިފަދަ ކޯސްތަކުން ދަސްވާ ތަކެތީގެ ބޭނުން ހިފައިގެން ކުރިއަށްދިޔުމަށް ގޮވާލެއްވިއެވެ.
ލައިފް ސްޓައިލް ފިޓްނަސް އާއި އަކުއަޓިކް ފިޓްނަސްއާއި ލީޑަރޝިޕް ފަދަ މޮޑިއުލްތައް ކިޔަވައިދެވޭ މި ކޯހުގައި، އިންޑޯ އަދި އައުޓްޑޯ ކުލާސްތައް ހިމެނޭ ގޮތަށް ވަނީ ހަމަޖެހިފައިއެވެ. މީގެއިތުރުންވެސް ފިޓްނަސްއާ ގުޅުހުންހުރި ގިނަ މޮޑިއުލްތަކެއް ކިޔަވައިދިނުމަށް ވަނީހަމަޖެހިފައެވެ. މި ކޯހުގައި ކިޔަވައިދެއްވަނީ އައިލްސްގެ ސެޓްފައިޑް އިންސްޓްރަކްޓަރުންނެވެ.
ޚިޔާލުތައް