A wide advertisement which will be shown on all devices. (700 x 100)

ނުރައްކާތެރި އެކްސިޑެންޓެއްގައި ކުއްޖަކު ނިޔާވެ އިތުރު ދެމީހަކު އައިސީޔޫގައި

ފުވައްމުލަކުގައި ދެ ސައިކަލް މުޑިއަރައި ކުޑަކުއްޖަކު ނިޔާވެ އިތުރު ދެމީހަކު އައިސީޔޫގައި އެޑްމިޓް ކޮށްފިއެވެ. ދެސައިކަލް މުޑިއަރައި ނިޔާވެފައިވަނީ، ފުވައްމުލަކު މާލެގަން، ފެންފިނޮޅު، އުމުރުން 17 އަހަރުގެ މުޙައްމަދު މުތީއުވެ. އޭނާގެ ހަށިގަނޑުގެ ބައެއް ތަންތަން ބިންދައިގެން ގޮސްފައިވާއިރު ބޮލުގެ ނާށިގަނޑުވެސް ފަޅައިގެން ގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. މުތީއުގެ މައްޗަށް ކުރެވޭ ކަށުނަމާދު މާދަމާ ފަތިސްނަމާދަށްފަހު މާލެގަމު ހުކުރު މިސްކިތުގައި އޮންނާނެއެވެ.

މިރޭގެ މުޑިއެރުމުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވާއ ދެމީހުން ދަނީ ފުވައްމުލަކު ހޮސްޕިޓަލްގެ އައިސީޔޫ ގައި ފަރުވާ ދެމުންނެވެ. އެ ހޮސްޕިޓަލުން ބުނިގޮތުގައި އެދެމީހުންގެ ފައި ބިންދައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.

އައިސީޔޫގައި ފަރުވާދެމުންދަނީ، ފުވައްމުލަކު ދިގުވާނޑު، އަމްބަރީ، ޖިނާހް އަލީ (16) އާއި ފުނާޑު، ރަކުޝާ، މިގްދާދު ހުސައިން (19) އަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !