16 އޮކްޓޯބަރ 2018 ( އަންގާރަ )

banner

އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބުނު ދެކުދިން މާލެ ގެންގޮސްފި

މިދިޔަ ހޯމަ ދުވަހުގެ ރޭ ފުވައްމުލަކު ނައިބުތުއްތު ހިގުން (ތާރު މަގު) ގައި ހިގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބި ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދިޔަ ދެކުޑަކުދިން އިތުރު ފަރުވާ އަށް މާލެ ގެނގޮސްފިއެވެ. 

އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިޔަ ދެކުޑަކުދިން މާލެއަށް ފުރުވާލައިފައިވަނީ ހޯމަދުވަހުގެ ރޭ 2:40 ގައި “އާސަންދާގެ” އެހީތެރިކަމާއި އެކު ޗާޓަރު ފުލައިޓެއްގައެވެ. އެދެކުޑަކުދިންގެ ސިނކުޑިއަށް ލޭއެޅިފައިވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

މިދިޔަ ހޯމަ ދުވަހުގެ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ، ފުވައްމުލަކު ދިގުވާނޑު، އަމްބަރީ، ޖިނާހް އަލީ (16) އާއި ފުނާޑު، ރަކުޝާ، މިގްދާދު ހުސައިން (19) އަށެވެ.  

banner

ކިޔުންތެރިންގެ ޚިޔާލު