17 ޑިސެމްބަރ 2017 (އާދީއްތަ)


ޔުނިވާސަލް ޗިލްޑްރެސްޑޭ ފާހަގަކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ޔުނިވާސަލް ޗިލްޑްރެސްޑޭ ފާހަގަކުރުމަށް ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، ފޮޓޯ:މޯލްޑްިވްސް ޕޮލިސް ސާވިސް

ޔުނިވާސަލް ޗިލްޑްރެސްޑޭ ފާހަގަކުރުމަށް ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، ފޮޓޯ:މޯލްޑްިވްސް ޕޮލިސް ސާވިސް

ޔުނިވަރސަލް ޗިލްޑްރަންސް ޑޭ ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ ފެމިލީއެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ޔުނިސެފް އަދި ފުވައްމުލަކު ކޮމިއުނިޓީ ސަރވިސް ގްރޫޕް ގުޅިގެން ޚާއްޞަ ހަރަކާތްތަކެއް ފުވައްމުލަކުގައި ކުރިއަށް ގެންގޮސްފިއެވެ.

މިމަހުގެ 17 ން 20 އަށް ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ވަނީ ސްކޫލުތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނާއި އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.

މީގެއިތުރުންވެސް ފުވައްމުލަކު އެކި ސަރަޙައްދުތަކުގައިވެސް ވަނީ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ނޮވެމްބަރު މަހުގެ 17 ން 19 އަށް ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ގޮތުންވަނީ ސެޝަންތައް ކުރިއަށް ގެންގޮސްފައެވެ.  

ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާއި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު މެސެޖްތައް ހިމެނޭ ބިލްބޯޑުތައް ބަހައްޓާފައެވެ. އެގޮތުން ފުވައްމުލަކު ސްކޫލުތަކުގައާއި ފުވައްމުލަކުގެ މުހިންމު ތިން ސަރަޙައްދެއްގެ ހިމެނޭގޮތުން ޖުމްލަ 12 ބިލްބޯޑެއް ބަހައްޓާފައިވެއެވެ.މީގެއިތުރުން ޔުނިވަރސަލް ޗިލްޑްރަންސް ޑޭގެ މުނާސަބަތުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ނޮވެމްބަރު 20 ވަނަ ދުވަހުގެ ހަވީރު ފުވައްމުލަކު މައިލޯ ސްޓޭޑިއަމްގައި ވަނީ ބާއްވާފައެވެ.  

މި ހަވީރުގައި ފުވައްމުލަކުގެ އެކި މުއައްސަސާތަކުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތައް ހިމެނޭގޮތަށް ޖުމްލަ 40 އަށްވުރެ ގިނަ ސްޓޯލް ޤާއިމްކޮށްފައިވާއިރު މި ސްޓޯލްތަކުގައި ކުޑަކުދިންނަށް ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ހަވީރުގައި ކުޑަކުދިންގެ ހުނަރު ދައްކާލުމާއި ކުޑަކުދިންގެ މަޤުބޫލު ކެރެކްޓަރކަމަށްވާ ރޮބޯ މޭން އާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އިންތިޒާމްކުރާ އިންވެންޓްތަކުގެ ޗައިލްޑް އެމްބެސެޑަރ އިބްރާހިމް ވަޙީދު (ބޮޑުބެ) ގެ ހުށަހެޅުންތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. 

ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކަށް ފުވައްމުލަކު ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެންގޮސްފައިވެއެވެ. ފުލުހުންނާއި ޔުނިސެފް އަދި ފުވައްމުލަކު ކޮމިއުނިޓީ ސަރވިސް ގްރޫޕް ގުޅިގެން ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ މެއިން ސްޕޮންސަރަކީ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑްއެވެ. އަދި މި ހަރަކާތުގެ ކޯ ސްޕޮންސަރުންނަކީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާއި މޯލްޑިވްސް އިސްލާމިކް ބޭންކު އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއެވެ. 

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!