15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

އަންނަ ރަބީއު މޫސުމުގައި ޕްރިންސް ހެރީ ކާވެނިފުޅު ބައްލަވައިގަންނަވަނީ

އިގިރޭސިވިލާތުގެ ތަޚުތާއި ފަސްވަނައަށް އެންމެ ގާތް ވަލީ އަހުދު ހެރީ އަންނަ ރަބީއު މޫސުމުގައި ކާވެނިފުޅު ބައްލައިގަންނަވަން އުޅުއްވާ ކަމަށް ބީބީއީއިން ހާމަކުރެއެވެ. ޕްރިސް ހެރީ ކާވެނިފުޅު ބައްލަވައިގަތުމަށް ތައްޔާރުވެވަޑައިގަންނަވަނީ ކުރިން ކާވެނިފުޅެއް ކުރައްވާފައިވާ އެމެރިކާގެ ބަތަލާއެއް ކަމަށްވާ މެގަން މާކްލް އާއިއެވެ. މިދެބޭފުޅުންގެ އެންގޭޖްމެންޓް ކުރިއަށް ގޮސްފައިވަނީ މިމަހު ކުރީކޮޅުގައި ނަމަވެސް، ރަސްމީ ސިފައިގައި އެކަން އިއުލާންކޮށްފައިވަނީ އިއްޔެއެވެ. މިދެޖޯޑު ގުޅުން މިދިޔަ އަހަރުގެ ހޫނު މޫސުމުއްސުރެ ކުރިއަށްދާކަމަށް މީޑިއާ ރިޕޯޓްތައް ހާމަކުރެއެވެ.

މެގަން (36 އަހަރު) އެމެރިކާގެ ފިލްމު ޕްރޮޑިއުސާއެއްކަމަށްވާ ޓްރެވޯ އެންގެލްސަން އާއި ކާވެނިކުރެއްވި ނަމަވެސް އޭގެ ދެއަހަރު ފަހުން އެކާވެނި ރޫޅުނެވެ. އެފްރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ އެމެރިކާގެ މަންމައަކަށާއި އެމެރިކާގެ ދޮންނަސްލުގެ ބައްޕައަކަށް ލިބިފައިވާ މެގަން އަކީ ޖިންސީ ހަމަހަމަކަމަށް ވަކާލާތުކުރައްވާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރައްވާ ޔޫއެން އެމްބެސެޑަރެކެވެ.

ޕްރިންސް ހެރީ (33 އަހަރު) މެގަން އާއި ކާވެނިފުޅު ބައްލަވައިގެންފިނަމަ ޕްރިންސް ހެރީގެ ނަސްލުގައި އެމެރިކާގެ ދެބޭފުޅުން ހިމެނުނީއެވެ. ޕްރިންސް ހެރީގެ ހޫރު މާމައަކީވެސް އެމެރިކާ އަށް ނިސްބަތްވާ ބޭކަލަބަލެކެވެ.

banner

ކިޔުންތެރިންގެ ޚިޔާލު