28 މެއި 2020 ( ބުރާސްފަތި )

banner

މަސްތުވާ ތެކެއްޗާއި އެކު ފުވައްމުލަކުން 2 ފުލުހަކު ހައްޔަރު ކޮށްފި

މަސްތުވާ ތެކެއްޗާއި އެކު ފުވައްމުލަކުން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިގެ ތެރެއިން 2 މީހުންނަކީ ފުވައްމުލަކުގައި މަސައްކަތް ކުރާ 2 ފުލުހުންނެވެ.

މި ދެފުލުހުންގެ ތެރެއިން އެއްފުލުހަކީ ފުވައްމުލަކަށް ނިސްބަތްވާ މީހެކެވެ. އަދި އަނެއް ފުލުހަކީ ފުވައްމުލަކުގައި މަސައްކަތްކުރާ ރަށުން ބޭރު ފުލުހެއްކަމަށްވެސް އެގިފައިވެއެވެ.

މިމީހުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވަނީ، ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާގުޅިގެން 2015 ޖެނުއަރީ 24 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި، މާލެއިން ފުވައްމުލަކަށް ދިޔަ ފްލައިޓަކުން ގެންދިޔަ ފޮށިގަނޑަކާ ހަވާލުވާން ދިޔަ ވަގުތުކަމަށް ފުލުހުން ހާމަކުރައްވައެވެ.

މި މައްސަލާގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅު ފެނިފައިވަނީ އެމީހުން ހަވާލުވި ފޮށިގަނޑު ބަލައި ފާސްކުރިއިރު ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 5 ދުވަހުގެ ބަންދުގެ މުއްދަތެއް އިއްޔެ ވަނީ ދީފައެވެ.


ކިޔުންތެރިންގެ ޚިޔާލު