13 ޑިސެމްބަރ 2018 ( ބުރާސްފަތި )

banner

މޯލްޑީވްސް އިސްލާމިކް ބޭންކްގެ ފުވައްމުލަކު ބްރާންޗް ހުޅުވަނީ

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ގާއިމް ކުރެވުނު އިސްލާމިކް ބޭންކްކަމަށް ވާ މޯލްޑީވްސް އިސްލާމިކް ބޭންކްގެ ފުވައްމުލަކު ބްރާންޗުގެ ޚިދުމަތް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެބޭންކުން ހާމަކޮށްފިއެވެ. ކުރިއަށް އޮތް ދެތިން ހަފުތާތެރޭ ފުވައްމުލަކު ބްރާންޗްގެ ހުޅުވޭނެކަމަށް އެބޭންކުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ. ރަސްމީކޮށް ހުޅުވުން އޮންނާނީ ފަހުން ކަމަށާއި ނަމަވެސް، ބޭންކުގެ ޚިދުމަތް ވަރަށް އަވަހަށް ލިބިގެންދާނެކަމަށް އެއޮފިޝަލް ވިދާޅުވިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފުވައްމުލަކު ބްރާންޗް ހުންނަނީ ޣާޒީމަގު (ހުރަސްމަގު) ގެ މާނޭރު އަތިރިމައްޗާއި ދުރުނޫން ހިސާބެއްގައެވެ.

މޯލްޑީވްސް އިސްލާމިކް ބޭންކަކީ އިސްލާމިކް ޑެވެލޮޕްމަންޓް ބޭންކްގެ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑެވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާރ ގެ 70 އިންސައްތަ ހިއްސާ އާއި ދިވެހި ދައުލަތުގެ 25 އިންސައްތަ ހިއްސާ އާއި އަމާނާ ތަކަފުލް މޯލްޑިވްސްގެ 5 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. 2010 ވަނަ އަަހަރު ބޭންކް ހިންގުމުގެ ލައިސަންނސް ލިބުނު އިސްލާމިކް ބޭންކްގެ ޚިދުމަތް ފަށާފައިވަނީ 2011 ވަނަ އަހަރު މާޗް މަހުގެތެރޭގައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު