A wide advertisement which will be shown on all devices. (700 x 100)

ވީނަސް ބޯޓް މާލެ އަތޮޅު ފަރަކަށް އަރައި އަޑިއަށް ހިނގައްޖެ

ވީނަސް ބޯޓް އަޑިއަށްދަނީ

ފުވައްމުލަކު ވީނަސް މާލެ އަތޮޅު މަޑިފުށީ ފަރަށް އަރައި އަޑިއަށް ގޮސްފައިވާ ކަމަށް އެންއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އަދި އެބޯޓުން ދަތުރު ކުރި މީޙުން އެމްއެންޑީއެފްގެ ކޯސްޓް ގާޑަށް ނަގާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

ވީނަސް ބޯޓް މަޑިފުށީ ފަރަށް އެރީ ފުވައްމުލަކުން ފުރައިގެން މާލެ ދަތުރުކުރަނިކޮށް އިންޖީން ހުއްޓިގެން ކަމަށް ވީނަސް ބޯޓްގެ މީހުން ބުނެފައިވެއެވެ.

މި ދޯނިން ދަތުރުކުރި 24 މީހުން މިހާރު ވަނީ ކޯސްޓްގާޑުގެ ލޯންޗެއްގައި މާލެ ގެނެސްފައި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 14 ބަންގްލަދޭޝް މީހުންކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވައެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށްވެސް އެމްއެންޑީއެފް އިން ހާމަކުރައްވައެވެ.

.ރޭ އެސަރަހައްދުގެ މޫސުން ހުރި ގޮތުން ބޯޓް ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވުނުކަމަށާއި، ފަރަށް އެރި ވީނަސް ބޯޓު ފުން ކުރުމަށްޓަކައި ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކުން މިއަދު ހެދުނު ހަރަކާތްތެރި ވަމުންދާކަމަށް އެމްއެންޑީއެފްއިން ހާމަކޮއްފިއެވެ. މިގޮތުން ދޯނީގެ ވެރިފަރާތާއި ގުޅިގެން ދޯންޏަށް ލިބިފައިވާ ގެއްލުންތައް ބެލުމަށްޓަކައި ކޯސްޓްގާޑުގެ ޑައިވަރުން އެ ސަރަހައްދަށް ފީނައި ބަލަމުންދާކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !