A wide advertisement which will be shown on all devices. (700 x 100)

ލޯކަލް ކައުންސިލްތަކަށް އިތުރު ފިއްތުންތަކެއް!

ބ. އަތޮޅު ކައުންސިލުގެ ރައީސް މަބުރޫކް، އިންޑިއަން ހައި ކޮމިޝަނަރު އަކިލޭޝް މިޝްރާއާ ބައްދަލުކުރައްވަނީ. ދެން މަނާ! - އޭދަފުށި ޓައިމްސް

ލޯކަލް ކައުންސިލްތަކަށް އިތުރު ފިއްތުންތަކެއް މިއަދު އަނެއްކާ ވެސް ކުރިމަތި ކުރުވައިފިއެވެ. ލޯކަލް ގަވަރމެންޓް އޮތޯރިޓީން މިއަދު އާމުކުރި ގޮތުގައި ރާއްޖެއިން ބޭރުގެ ޖަމާއަތްތަކާއި އެމްބެސެޑަރުން ފަދަ ގައުުތަކުގެ ވެރިންނާއި ބައްދަލު ކުރުން މިވަނީ މަނާކޮށް ފައެވެ. ކައުންސިލަރުންނަށް ދާއިރާގެ ކަންކަމާއި ގުޅެގޮތުން އެހީ ހޯދުމަށް ނުވަތަ އެހެނިހެން ކަމަކަށް ވެސް ބޭރުގެ ފަރާތްތަކާއި ބައްދަލުކުރުމަށް ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭކަމަށް އެލްޖީއޭއިން މިއަދު ނެރުނު ނޫސްބަޔާނުގައި ވެއެވެ. އަދި މިހުއްދަ ހޯދަން ޖެހެނީ އެލްޖީއޭ މެދުވެރިކޮށެވެ. މިހުއްދަ ނުހޯދާ ބައްދަލުކުރުމަކީ އއަދަބާއި ކުރިމަތިލާން ޖެހިދާނެ ކަމެއްކަމަށް އެބަޔާނުގައި ވެއެވެ.

މިހާރުގެ އެލްޖީއޭ އެކުލެވިގެން ވަނީ މުޅިން ވެސް ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުންގެ މައްޗަށެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ އެއީ ކުރިގެ އެޓޯލްސް މިނިސްޓްރީ އެވެ. ހުރިހާ ބާރެއް ސަރުކާރަށެވެ. ރައްޔިތުން ވޯޓުން ހޮވާފައި ތިބި ކައުންސިލަރުންނަކަށް އެއްވެސް ކަމެއް ކުރެވޭނެ ގޮތެއް ނުވެއެވެ.

ކުރިން އެލްޖީއޭގައި ތިބެނީ ކައުންސިލްތަކަށް ނިސްބަތްވާ ގޮތަށް އިންތިޚާބުކުރެވޭ ކައުންސިލަރުންނާއި، ސަރުކާރުން އައްޔަން ކުރާ މެންބަރުންނެވެ. ނަމަވެސް އެކަން މިވަނިީ ބަދަލުކޮށްފައެވެ.

ލާމަރުކަޒީ ގާނޫނު 2010ގައި އުފަންވެ ހަމަޔަކަށް ނޭޅެނީސް އެ ކޮށާމަށައި ތުނިކޮށް ހަނިކޮށް އެންމެފަހުން އެއިގެ ބޭރުން، ބަލަދުވެރިޔާ ގެ ލަގަބު ލިބިފައިވާ އެލްޖީއޭއިން ވެސް ކަންތައް މިކުރަނީ ކައުންސިލަރުންގެ ބާރުތައް ކަނޑުވާއި ހުރިހާ ބާރެއް މާލޭ ސަރުކާރަށް ޖަމާކުރުމުގެ ކަންތައްތަކެވެ.

ލާމަރުކަޒީ ނިޒާމު ރާއްޖެ އަށް ތައާރަފު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަދި ފަންނީ ގިނަ މައުލޫމާތުތައް އެއްކުރެއްވި މުހައްމަދު ނަޒީފު މިހާރު ނޫހަށް ކުރިން ވިދާޅުވިފައި ވަނީ “އެލްޖީއޭގެ ބޯޑަކީ ކައުންސިލްތައް އެމްޕަވަކޮށް، މޮނީޓަ ކުރުމަށް ގާނޫނުގެ ތެރެއިން އުފެއްދި ތަނެއް. އެކަމަކު ކުރީގެ އެޓޮލްސް މިނިސްޓްރީން ކަންކަން ކުރި ގޮތަށް މި ބޯޑުން މިހާރު ކަން ކުރާ ތަން އެބަފެނޭ. އެޓޮލްސް މިނިސްޓްރީން ނޫންތޯ ރަށްރަށުގައި ފާރު ރާނަން ވެސް ކުރިން އިއުލާން ކުރީ. ހަމަ އެގޮތަށް އެލްޖީއޭ އިން އިއުލާން ކުރޭ. ކޮބައިތޯ ކުރީގެ އެޓޮލްސް މިނިސްޓްރީއާ އެލްޖީއޭ އާ ހުރި ތަފާތަކީ،” ނަޒީފް.

އެލްޖީއޭގެ ނޫސްބަޔާން އައިސްފައި މިވަނީ ދާދި ފަހުން އިގިރޭސި ޑިޕްލޮމެޓަކާއި އިންޑިއާ ޑިޕްލޮމެޓަކު ބައެއް ކައުންސިލްތަކާއި އެކު ބައްދަލު ކުރައްވަން ފެއްޓެވުމުންނެވެ.

އެލްޖީއޭގެ ނޫސްބަޔާނުގައި އިތުރަށް ފާހަގަ ކުރައްވާފައިވާ ގޮތުގައި އެ ނޫސްބަޔާނާއި ޚިލާފަށް އަމަލުކުރާ ކައުންސިލަތަކާއި މެދު ފިޔަވަޅު އަޅުއްވާނެއެވެ.

އެލްޖީއޭގެ މި ނޫސްބަޔާނަށް ފާޑު ކިޔާ ފަރާތްތަކުން ހާމަކުރާ ގޮތުގައި އެއީ ކައުންސިލްތަކުގެ ގާނޫނު މިހާރު އޮތްގޮތުން ވެސް ކައުންސިލްތަކަށް ލިބިގެން ވާ ފުރިހަމަ ބާރެއް، ގަދަބާރުން ބިރުދައްކައިގެން ނިގުޅައިގަތް ގަތުމެކެވެ.

މިކަމާއި އިނގިރޭސި ޑިޕްލޮމެޓް ވަނީ ކަންބޮޑުވުން  ފާޅުކުރައްވާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !