13 ޑިސެމްބަރ 2018 ( ބުރާސްފަތި )

banner

އެމްޓީސީސީގެ ހިއްސާވިއްކުމަށް ފުވައްމުލަކުގައި ބާއްވާ ރޯޑްޝޯ މާދަމާ ނިމޭނެ

ބަދަރުހެދުމާއި ދަތުރުފަތުރުގެ ޚިދުމަތުގައި ރާއްޖޭގެ އެންމެ ފުންނާބުއުސް ކުންފުނި އެމްޓީސީސީއިން ކުރިއަށްގެންދާ ހިއްސާވިއްކުމުގެ ހަރަކާތް މާދަމާ މެންދުރުފަހު 15:00 އާއިހަމައަށް މާނޭރާއި ދިމާލުން ނައިބުތުއްތު ހިގުމުގައި ކުރިއަށްދާނެ ވާހަކަ އެކުންފުނިން ހާމަކޮށްފިއެވެ.

ހިއްސާދާރުންނަށާއި ހިއްސާދާރުންގެ ހުއްދައާއިއެކު އެހެންފަރާތްތަކަށްވެސް ހިއްސާ ގަނެވޭގޮތަށް އެމްޓީސީސީއިން ހުޅުވާލި މިފުރުސަތު ޑިސެމްބަރު 31ގެ ނިޔަލަށް ކުރިއަށްދިޔަ ނަމަވެސް ފުވައްމުލަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމް މާދަމާ މެންދުރުފަހު 15:00 އާއިހަމައިން ނިމޭނެއެވެ.

ހިއްސާއެއް ވިއްކަމުންގެންދަނީ 62 ރުފިޔާއަށް ކަމަށާއި ހިއްސާދާރުންގެ ތެރެއިން ފައިދާ ނުނަންގަވާ ތިއްބެވި ބޭފުޅުންނަށް އެފައިދާއިންވެސް ހިއްސާ ގަނެވޭނެކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ.

މިދިޔަ އަހަރު 24 ރުފިޔާ ފައިދާގެ ގޮތުގައި ބަހާފައިވާ އެމްޓީސީސީއަށް ފާއިތުވީ ދެއަހަރުވެސްއެއްބިލިއަނަށްވުރެ ބޮޑު އަދަދަކަށް ވިޔަފާރިކޮށް 100 މިލިއަނަނށްވުރެ އިތުރަށް ފައިދާވެފައިވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު